ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސާވިސް ޗާޓަރު

 

 

 

 

ސާވިސް ޗާޓަރު

 

 

 

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

 

 

 

 

2021

 

 

 

 

 

 

 

 

ތަޢާރަފު

ގއ. އަތޮޅު ތަޢުލީމީ މަރުކަޒަކީ " ކޮމިއުނިޓީ ސްކޫލް"ގެ ނަމުގައި ދިވެހި ސަރުކާރާއި ޔުނިސެފާއި ގުޅިގެން ގއ.އަތޮޅު ރައްޔިތުންގެ އެހީތެރިކަމާއި އެކު ދިވެހިރާއްޖޭގައި ބިނާކުރެވުނު 4 ވަނަ ސްކޫލެވެ. 1980 ވަނަ އަހަރުގެ ފެބްރުއަރީ 08 ގައި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ އޮނަރަބަލް ޑރ. މުޙައްމަދު ޒާހިރު ހުސެއިން މި މަރުކަޒު ހުޅުވައިދެއްވިއިރު  ތިބީ 281 ދަރިވަރުންނާއި 5 މުދައްރިސުންގެ އިތުރުން 1 ހެޑް މާސްޓަރެކެވެ. ނާސަރީ، ގްރޭޑް 1 އަދި ޚާއްސަ ކްލާސް 2،1 އަދި 3 އަށް ކިޔަވައިދެއްވުމަށްޓަކައި ބޭނުން ކުރީ 7 ކުލާސްރޫމެވެ. ކޮމިއުނިޓީ ސްކޫލްގެ ނަން "ގއ.އަތޮޅު ތަޢުލީމީ މަރުކަޒު" ގެ ނަމަށް ބަދަލުވެގެން ދިޔައީ 1984 ވަނަ އަހަރުއެވެ.

މިހާރު މިސްކޫލަކީ 1 ން 12 އަށް އެއްދަންފަޅިއަށް ކިޔަވާދޭ ސްކޫލެކެވެ. ސްކޫލުގެ އާބާދީ ގައި 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

 

މިޝަން

އަޅުގަނޑުމެންގެ ތަޞައްވުރަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ޢިލްމީ ގޮތުން މޮޅު، ދިރިއުޅުމުގެ ވައްޓަފާޅި ދަންނަ، ޚުލްޤުހެޔޮ ،ޤައުމަށް ބޭނުންތެރި އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަސައްކަތްކުރާ ދަރިވަރުން ތަކެއް އުފެއްދުމެވެ.

ވިޝަން

އަޅުގަނޑުމެންގެ އަމާޒަކީ އުނގެނުމަށްފަހި މާޙައުލެއްގެ ތެރެއިން ހުރިހާކުދިން ޝާމިލްކޮށްގެން، ރައްކާތެރިކަމާއެކު ޒަމާނީޓެކްނޮލޮޖީގެ  އެހީގައި މަޢުލޫމާތާއި ހުނަރު އަދި  ޢަމަލީ މައިދާނުގައިހުރި ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ޤާބިލްކަން ލިބިފައިވާ އިސްލާމީވަންތަ ދަރިވަރުންތަކެއް އުފެއްދުމެވެ.

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިނތުންވުމާއި، އަދަބުވެރިކަމާއެކު މުޢާމަލާތު ކުރުން
  • ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތައް އަޑު އަހައި ، ހަމަހަމަކަމާއެކު ފެންވަރު ރަގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން
  • ނަޒާޙަތްތެރިކަމާއެކު، ދެފުށްފެންނަ ޚިދުމަތެއް ފޯރުކޮށްދިނުން
  • ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުން ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުން
  • ޚިދުމަތް ހޯދުމަށް އަދި ތަރުތީބުން ޚިދުމަތް ފޯރުކޮށްދިނުން
  • ފޯނުން ކުރެވޭ މުޢާމަލާތްތަކުގައި، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު، އުފާވެރި އަޑަކުން ވާހަކަ ދެއްކުން
  • ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު ޝާމިލްވެވޭ ގޮތަށް މުޢާމަލާތް ކޮށް ކިޔެވުމާއި، ކުޅިވަރާއި، އަދަބީ ޙަރަކާތްތަކަށް ފަހި ފުރުޞަތުތައް ހުޅުވާލުން

 

 

އިދާރީ ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

ރަސްމީ ކޮންމެދުވަހަކު 8:00 ން 14:00 އަށް ފޯނަށް ޖަވާބުދާރީ ވާނެއެވެ. އަދި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯންޕާސް ކުރެވޭނެއެވެ.

ސްކޫލަށްފޮނުވާ ސިޓީ އާއި އީ. މެއިލްއަށް ޖަވާބު ދިނުން

ސްކޫލަށްފޮނުވާ ސިޓީ އާއި އީ. މެއިލްއަށް ޖަވާބު ދިނުން

-ރަސްމީ މުޢައްސަސާތަކުން ފޮނުވާ ސިޓީ އަދި މެއިލްތަކަށް ޖަވާބު ބޭނުންވާ ދުވަހަށް ޖަވާބު ދިނުން

-އަމިއްލަފަރާތްތަކުން ފޮނުވާ ސިޓީ އަދި މެއިލްތަކަށް  ރަސްމީ 3 ދުވަސް ތެރޭގައި ޖަވާބު ދިނުން

ދަރިވަރުން ސްކޫލަށް ވެއްދުން

ދަރިވަރުން ސްކޫލުގައި ރަޖިސްޓްރީ ކުރުން

-ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އިޢުލާން ކުރުން

-ސްކޫލަށްވަންނަށް އެދޭފޯމު ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސްކޫލުގެ ވެބްސައިޓާއި، ބެލެނެވެރިންގެ ވައިބަރ ގްރޫޕުތަކުން ގޫގުލްފޯމުގެ އެކްސެސް ލިބޭނެއެވެ.

-ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯމު ބަލައިގަތުން

މީމިސްއަށް ދަރިވަރުން އަޕްލޯޑު ކުރުމާއި، ކްލާސް ރެޖިސްޓަރ ކުރުމާއި، އިންޑެކުސް ދިނުން

-ބެލެނެވެރިންނާއި ދަރިވަރުންގެ ރެޖިސްޓްރޭޝަން މަޢުލޫމާތު ހިއްޞާކުރުން

ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރާއި، ޓެކްސްޓްފޮތް ދޫކުރުން

ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރާއި، ޓެކްސްޓްފޮތް ދޫކުރުން

-އަހަރު ނިމުމުން މީމިސްއިން ސްޓޭޝަނަރީ ވައުޗާރ ޖެނެރޭޓުކޮށް، ޕްރިންޓްކޮށް އުސޫލާއި އެއްގޮތަށް ބެލެނެވެރިންނާއި ޙަވާލުކުރުން

-ދަރިވަރުންނަށް ބޭނުންވާފޮތްތަކަށް ކޮށާރު ޕޯޓަލް މެދުވެރިކޮށް އެދުން

-މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ފޮތްތައް ފޮނުވުމުން އުސޫލާއި އެއްގޮތަށް ފޮތްތައް ބެލެނެވެރިންނާއި ޙަވާލު ކުރުން

ދަރިވަރުންގެ ރެކޯޑު ބެލެހެއްޓުން

ދަރިވަރުންގެ ރެކޯޑު ބެލެހެއްޓުން

-ދަރިވަރުންގެ ތަޢުލީމީ ރެކޯޑު ކޮންމެ ހަފުތާއަކު މީމިސް އަށް އަދާ ހަމަކުރުން

-ކޮންމެ ސެމެސްޓަރއެއް ނިމުމުން މީމިސްއިން ރިޕޯޓް ކާޑު ޖެނެރޭޓު ކުރުން

-ދަރިވަރުންގެ އަތުން ގެއްލޭ އަދި ހަލާކުވާ ތަކެތީގެ ތަފުޞީލު ބަޖެޓު ސެކްޝަނަށް ދިނުން

- ދަރިވަރުން ހަދާ އިމްތިޙާން ތަކުގެ ސެޓްފިކެޓްތައް ޙަވާލު ކުރެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން

ދަރިވަރުން ސްކޫލުން ވަކި ކުރުމާއި، ޓްރާންސްފަރ ކުރުން

ދަރިވަރުން ސްކޫލުން ވަކި ކުރުމާއި، ޓްރާންސްފަރ ކުރުން

-ގްރޭޑް 10 އަދި 12 ނިންމާ ދަރިވަރުން ސްކޫލުން ވަކިކޮށް ސްކޫލަށް އަނބުރާ ޙަވާލުކުރަންޖެހޭ ޓެބްލެޓާއި، ޓެކްސްޓް ފޮތާއި، ލައިބްރަރީ ފޮތް، އަދި ސީނިއަރ ދަރިވަރެއްނަމަ ޝޭޝް ޙަވާލު ކުރުމުން ލީވިންގ ސެޓްފިކެޓް ދިނުން

-އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ ދަރިވަރެއްނަމަ، މީމިސް އިން ދަރިވަރު ޓްރާންސްފަރ ކުރުން

-ސްކޫލުން ވަކިވެގެން ރާއްޖެއިން ބޭރަށްދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހިއްޞާ ކުރުން

ދަރިވަރުންގެ ހާޟިރީ ބެލެހެއްޓުން

ދަރިވަރުންގެ ހާޟިރީ ބެލެހެއްޓުން

-ދުވަހުން ދުވަހަށް ދަރިވަރުންގެ ހާޟިރީ މީމިސް އަށް އަޕްލޯޑު ކުރުން

-ހާޟިރުނުވާ ދަރިވަރުންގެ ކަންތައްތައްތައް އެޓެންޑެންސް ޕޮލިސީއާ އެއްގޮތަށް މޮނިޓަރ ކޮށް ބެލުން

ބަޖެޓު ސެކްޝަން

ސްކޫލަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުން

ބިޑް ކުރެވޭ މަސައްކަތާއި، ތަކެއްޗާއި އަދި ޚިދުމަތަށް އިޢްލާން ކުރުން

-އިޢްލާން ގެޒެޓު ކުރުމާއި، މަޢުލޫމާތު ހޯދާފަރާތްތައް ނަންނޯޓު ކުރުމާއި، ބިޑް ބަލައިގަތުމާއި، ބިޑް އިވެލުއޭޓް ކުރުން

-އެގްރީމެންޓް ތައްޔާރުކޮށް ސޮއި ކުރުވުން

 

ފައިސާ ބަލައިގަތުން

ފައިސާ ބަލައިގަތުން

-އިމްތިޙާންތަކުގެ ފައިސާ ބަލައިގަނެ ރަސީދު ޙަވާލުކުރުން ނުވަތަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް އެދުން

-ދަރިވަރުންނަށް އަބުރާ ދައްކާގޮތަށް ޙަވާލު ކުރެވޭ ޓެބްލެޓް، ޓެކްސްޓްފޮތް، ޝޭޝް ފަދަ ތަކެތި ގެއްލުމުން ނުވަތަ ހަލާކު ވުމުން ބަދަލުގަ އެއްޗަކަށް އެއްޗެއް ނުވަތަ ފައިސާ ޙަވާލު ކުރުން ނުވަތަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް އެދުން

-ލީވިންގ ސެޓްފިކެޓް ފައިސާ ބަލައިގަތުން ނުވަތަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް އެދުން

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން

ސްކޫލުގެ އިމާރާތާއި ތަކެތި ކުއްޔަށްދޭ ފޯމު ދޫކުރުމާއި، ބަލައިގަތުމާއި، ފައިސާގެ މުޢާމަލާތް ފުރިހަމަ ކުރުން

-ސްކޫލުގެ އިމާތާރާއި ތަކެތި ކުއްޔަށް ދެވެން ނެތްނަމަ ރަސްމީ 3 ދުވަސްތެރޭގައި ޖަވާބު ދިނުން

- ސްކޫލުގެ އިމާރާތާއި ތަކެތި ކުއްޔަށް ހޯދުމަށް އެދި ފޯމު ހުށައަޅާތާ 3 ދުވަސްތެރޭގައި ޖަވާބު ދިނުން

ޕީ.ޓީ.އޭގެ ފަންޑުން ޚަރަދު ކުރުން

ޕީ.ޓީ.އޭގެ ފަންޑުން ޚަރަދު ކުރުން

-ޕީ.ޓީ އީ. އިން ގަންނަށް ބޭނުންވާ ތަކެއްޗާއި، ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތަށް ބޭނުންވާ ލިޔެކިޔުން ހަމަކޮށް ފައިސާ ޚަރަދު ކުރުން

ހިއުމަން ރިސޯސް ސެކްޝަން

މުވައްޒަފުން ބޭނުންވާ މަޤާމުތަކަށް އިޢްލާން ކުރުން

މުވައްޒަފުން ބޭނުންވާ މަޤާމުތަކަށް އިޢްލާން ކުރުން

-ސިވިލްސާވިސްގެ ޤަވާއިދު ތަކާއި އެއްގޮތަށް އިޢްލާން ގެޒެޓް ކުރުން( އެޕްލިކޭޝަން ދޫކުރުމާއި، ބަލައިގަންނަ އިދާރާ އިޢްލާނުގައި ހިމެނުން އަދި އޮންލައިން އެޕްލިކޭޝަން ލިބެނޭ އަދި ހުށައެޅޭނެ ލިންކު އިޢުލާނުގައި ހިމެނުން)

ވަޒީފާއަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން

ވަޒީފާއަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން

-އިދާރާއަށް ހުށައަޅާ ފޯމު ބަލައިގަނެ ފޯމުބަލައިގަތްކަމުގެ ސްލިޕް ދިނުން

-އޮންލައިންކޮށް ހުށައެޅޭ ފޯމު ރަސްމީ 1 ދުވަސްތެރޭގައި ފޯމު ލިބުނުކަމަށް ރިޕްލައި ކުރުން

ވަޒީފާއަށް ޝަރުތު ހަމަނުވާ ފަރާތްތަަކަށް އެކަން އެންގުން

ވަޒީފާއަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން

-އިންޓަވިއު ބޭއްވުމުގެ ކުރިން ވަޒީފާއަށް ޝަރުތުހަމަނުވާ ފަރާތްތަކަށް ސިޓީ އަކުން ނުވަތަ މެއިލް އަކުން އެކަން އެންގުން

އިންޓަވިއު ބޭއްވުން

އިންޓަވިއު ބޭއްވުން

-އިންޓަރވިއުއަށް ޝޯޓުލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ސިޓީއަކުން ނުވަތަ މެއިލް އަކުން އިންޓަވިއު ބާއްވާނެ ތާރީޚާއި، ގަޑި އަދި ތަން އެންގުން

-އިންޓަވިއު ޕެނެލް އެކުލަވާލުން

-ޕްރެކްޓިކަލް ބާއްވާ ނަމަ ޕްރެކްޓިކަލް ދޭން ޖެހޭ ގޮތުގެ މަޢުލޫމާތު ދިނުން

އޭޓޫ ޝީޓް އާންމު ކުރުމާއި، ގެޒެޓް ކުރުމާއި  ޝަކުވާ ހުށައެޅުން

އޭޓޫ ޝީޓް އާންމު ކުރުމާއި، ގެޒެޓް ކުރުމާއި  ޝަކުވާ ހުށައެޅުން

-އިންޓަވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަސްތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓުގައި ނުވަތަ ގެޒެޓުގައި ޢާންމު ކުރުން

ކޮންމެ ކެންޑިޑޭކަށް އެފަރާތުގެ ނަމްބަރު އެންގުން އަދި ޝަކުވާ ހުށައެޅުމަށް ރަސްމީ 3 ދުވަހުގެ މުއްދަތެއް ދިނުން

-ޝަކުވާ ހުށައެޅިފަރާތަށް ރަސްމީ 3 ދުވަސްތެރޭ ލިޔުމުން ޖަވާބު ދިނުން

-ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް އެެއްވެސް ބަދަލެއް އައިނަމަ އެކަން އިޞްލާހުކޮށް ސްކޫލުގެ ނޯޓިސް ބޯޑުގަ، ވެބްސައިޓުގަ ނުވަތަ ގެޒެޓުގައި އަލުން ޢާންމު ކުރުން

ވަޒީފާ ހަމަޖެއްސުން

ވަޒީފާ ހަމަޖެއްސުން

-އެންމެމަތިން މާރކުސް ލިބުނު ފަރާތަށް އެކަން އަންގާ ލިޔެކިޔުންތައް ހަމަކޮށް ވިއުގައަށް އެޅުން

މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން

މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން

-ރަސްމީ ކޮންމެ ދުވަހަކު ސްކޫލަށް ހާޟިރުވާ މުވައްޒަފުންނާއި އަދި ހާޟިރު ނުވާ މުވައްޒަފުންގެ މަޢުލޫމާތު ފިންގަރމެޝިން އެކްސެސް ރެކޯޑުސްގެ ޒަރީޢާއިން ހޯދާ އެމަޢުލޫމާތު ޕީ .އޭ ސްޕަވައިޒަރުންނާ ހިއްޞާ ކުރުން

-ކޮންމެ މަހެއްގެ 16 ވަނަ ދުވަހު ހާޟިރީ ރިޕޯޓު ތައްޔާރުކޮށް ބަޖެޓު ސެކްޝަނާއި ޙަވާލު ކުރުން

--ކޮންމެ މަހެއްގެ 16 ވަނަ ދުވަހު އޯވަޓައިމް ރިޕޯޓު ތައްޔާރުކޮށް ބަޖެޓު ސެކްޝަނާއި ޙަވާލު ކުރުން

 

ސަލާމާއި، ޢާއިލީ ޒިންމާ ޗުއްޓީ އާއި އަހަރީ ޗުއްޓީ ފޯމު ދޫކުރުމާއި ބަލައިގަތުން

ސަލާމާއި، ޢާއިލީ ޒިންމާ ޗުއްޓީ އާއި އަހަރީ ޗުއްޓީ ފޯމު ދޫ ކުރުމާއި ބަލައިގަތުން

-އިސްވެރިޔާގެ މަޝްވަރާގެ މަތިން ޗުއްޓީ ހަމަޖެއްސުމާއި،އެޓެންޑެންސް އަޕްޑޭޓް ކުރުން އަދި ޗުއްޓީ ޗިޓް ޙަވާލު ކުރުން

ސަލާމް ފޯމާއި އާއިލީ ޒިންމާއަށް އެދި ހުށައެޅި ލިޔުންތައް  ބަލައިގަނެ އެޓެންޑެންސް އަޕްޑޭޓް ކުރުން

މުވައްޒަފުންގެ ވަޒީފާ އާއި ބެހޭ ލިޔެ ކިޔުންތައް އަދާހަމަކޮށް ރައްކާތެރި ކަމާއެކު ފައިލް ކުރުން

މުވައްޒަފުންގެ ވަޒީފާ އާއި ބެހޭ ލިޔެ ކިޔުންތައް އަދާހަމަކޮށް ރައްކާތެރި ކަމާއެކު ފައިލް ކުރުން

-މުވައްޒަފުންގެ ވަނަވަރު ވިއުގައަށް އެޅުން

-ސެޓްފިކެޓްތައް ، ސަލާމްފޯމާއި ޗުއްޓީ ޗިޓް  އަދި ސްކޫލުންދޭ ނަސޭޙަތާއި އިންޒާރު ފައިލްކޮށް ބެލެހެއްޓުން

 

ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމާއި، ފާޑުކިއުން ހުށައެޅުން

ސްކޫލުންދޭ ޚިދުމަތާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިއުމަށް ހުށައަޅާ ހުށައެޅުންތަކަށް މަރުހަބާ ކިޔަމެވެ. ހުށައެޅުންތައް ފޮނުވާނީ [email protected] މި އީމެއިލް އަށެވެ. ނުވަތަ ސްކޫލުގެ އިސްވެރިޔާއަށް އެޑްރެސް ކޮށްފައިވާ ސިޓީއަކުންނެވެ. ޝަކުވާގެ ހުށައެޅުން ލިބުނުކަން އެފަރާތަކަށް ރަސްމީ 5 ދުވަސްތެރޭގައި އަންގާނެއެވެ. އަދި އިސްލާޙު ކުރަންޖެހޭ ކަންތައްތައް އިޞްލާޙްކޮށް ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނާނެއެވެ.

މުޢާމަލާތް ކުރުމަށް:

ފޯނު: 6820029

އީ މެއިލް: [email protected]

ފޭސް ބުކް: GA.Atoll Education Centre (Ga.AEC)

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ގއ. ވިލިނގިލި

30 ޑިސެންބަރު 2021
ހޯދާ