މާފުށީ ސްކޫލް
ދިވެހިރާއްޖެ
މާފުށީ ސްކޫލް ސަރވިސް ޗާރޓާ 2021

 

`

 

 

 

 

 

 

 

 

 

މާފުށީ ސްކޫލް

ކ. މާފުށީ / ދިވެހިރާއްޖެ

 

 

 

 

ސާރވިސް ޗާޓަރ

2021

 

 

 

 

ތަޢާރަފް

މި ސްކޫލަކީ މާފުށީ ރައްޔިތުންގެ ނަމުގައި  ސަރުކާރުގެ ދީލަތި އެހީފުޅާއި އެކު މާފުށީ ރައްޔިތުންގެވެސް އެހީގައި ހިންގާ ސްކޫލެކެވެ. މިރަށުގައި ޢިމާރާތެއް އެޅިގެން ރަސްމީގޮތެއްގައި ތަޢުލީމް ދޭންފެށިފައިވަނީ ފުރަތަމަ ޖުމުހޫރިއްޔާގެ ދުވަސްވަރުއެވެ. އެއީ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކޮންމެ ރަށެއްގައި އަޅުއްވައިދެއްވި ' ދެބެންގެ ގުލްޝަން ' ކިޔާގެ ރައްޔިތުންނަށް ހަދިޔާކުރެއްވުމުން އެގޭގެ ތަކެތި ބޭނުންކުރައްވައިގެން އެޅުނު އިމާރާތަކީ މާފުށީ ތަޢުލީމުގެ ފުރަތަމަ ބިނާއެވެ. އޭގެ ކުރިންވެސް ރަށުގެ އެކިއެކި ތަންތަނުގައި ކިޔަވައިދެމުން ގޮސްފައިވެއެވެ.

އޭގެފަހުން ތަޢުލީމީ ސިޔާސަތަށްއައި ބަދަލަކާއި ގުޅިގެން މަކުތަބުލް މަނާރުގެ ނަމުގައި 1972 ވަނަ އަހަރުގެ ޖޫން 25 ވަނަ ދުވަހު މަކުތަބެއް ރަޖިސްޓްރީ ކުރެވުނެއެވެ. 8 އަހަރާއި 05 މަސް ފަހުން މަކުތަބުލް މަނާރުގެ ނަން ކާފު އަތޮޅު މަދަރުސާގެ ނަމުގައި 1979 ވަނަ އަހަރު ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމު ހުޅުވައިދެއްވިއެވެ. އަތޮޅު މަދަރުސާގެ ނަމުގައި 6 އަހަރު ކިޔަވާ ދިނުމަށްފަހު މިއަތޮޅު ކާށިދޫއަށް އަތޮޅު މަދަރުސާ ބަދަލު ކުރެއްވުމާއި ގުޅިގެން 1986 ޖެނުއަރީން ފެށިގެން ސްކޫލު ހިގަމުން ދަނީ މާފުށީ މަދަރުސާގެ ނަމުގައެވެ. ނަމަވެސް 2002 ވަނަ އަހަރު ކޭމްބްރިޖް އޯލަވެލް އިމްތިހާނު ހަދަން ފެށުމާއި ގުޅިގެން މަދަރުސާގެ ނަމުގެ ބަދަލުގައި ބޭނުން ކުރެވުނީ ސްކޫލެވެ. މާފުށީ ސްކޫލުގެ ނަމުގައި މޮޓޯއާއި  ބެޖް އަދި ލޯގޯ މިހާރުގެ ގޮތަށް ރަޖިސްޓްރީ ކުރެވުނީ 28 ޖުލައި 2004 ގައެވެ. އަދި 1 އޯގަސްޓް 2005 ގައި މިސްކޫލުވަނީ ސަރުކާރު ސްކޫލަކަށް ބަދަލު ކުރެވިފައެވެ.

 

ސްކޫލުގެ ވިޝަން

މާފުށީ ސްކޫލަކީ ތަޢުލީމް ފޯރުކޮށްދޭ އެންމެ މަޤުބޫލު ސްކޫލް ކަމުގައި ވުން.

ސްކޫލުގެ މިޝަން

ކާމިޔާބީއަށް ވާޞިލު ވުމަށްޓަކައި އިސްލާމްދީނުގެ އުސޫލުތަކާއި ސްކޫލްގެ ޤަވާޢިދުތައް އަދި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުން.

 

މައިގަނޑު އަގުކުރުންތައް (ކޯ ވެލިއުސް)

އިޙުތިރާމު ކުރުން:       ތިމާއާއިމެދު އެހެންމީހުން ކަންތައްތައް ކުރަން ބޭނުންވާ ގޮތަށް، ތިމާވެސް އެހެން މީހުންނާއިމެދު ކަންތައްތައް ކުރާށެވެ.

       ތެދުވެރިކަން:          ޢަމަލާއި ބަހުން ތެދުވެރި ވާށެވެ.

       ޒިންމާދާރުވުން:         ޙަވާލުކުރެވޭ މަސްއޫލިއްޔަތު ވީ އެންމެ ރަނގަޅަކަށް އުފުލާށެވެ.

       ގަދައަޅާ މަސައްކަތްކުރުން: ކޮންމެ ކަމެއްވެސް ކުރެވެންއޮތް އެންމެ ރަނގަޅަކަށް ކުރާށެވެ.

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަތަކަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔައި، އިޙުތިރާމާއިއެކު މުއާމަލާތުކުރުން.
  • ޚިދުމަތަށް އެދި އަންނަ ފަރާތްތަކުގެ ބޭނުން ރަނގަޅަށް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތް ފޯރުކޮށް ދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ނަޒާހަތްތެރިކަމާއި ހަމަހަމަކަން އިސްކުރުން.
  • ޚިދުމަތް ފޯރުކޮށްދިނުމުގައި މުއައްޒަފުން ގުޅިގެން މަސައްކަތްކުރުން.
  • ޚިދުމަތަށް އެދޭ ތަރުތީބަށް އިސްކަންދީގެން ޚިދުމަތްދިނުން.
  • ފޯނުންނާއި އަދި އެނޫންވެސް ގޮތްގޮތުންވެސް މުއާމަލާތު ކުރުމުގައި މަޑުމައިތިރި ކަމާއި، އަދަބުވެރިކަމާއެކު ރިވެތި ބަހުން ވާހަކަ ދެއްކުން.

 

 

މާފުށީ ސްކޫލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަގު ޗާޓު

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެޑްމިން ސެކްޝަން

1

އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުން

  • ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ން 14:00 އަށް ޚިދުމަތް ހޯދުމަށް ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
  • ޚިދުމަތް ހޯދުމަށް ގުޅުއްވި ފަރާތުގެ ބޭނުން ސާފުކުރުމަށްފަހު އެ ބޭނުމާއި ގުޅުންހުރި މުއައްޒަފަކަށް ކޯލު ގުޅުވައިދިނުން ނުވަތަ އެކަމަކާއި ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތު ދިނުން.

2

ޢާއްމު ފަރާތްތަކުން ހުށަހަޅާ ސިޓީއަށް ޖަވާބުދިނުން

  • ރަސްމީ މަސައްކަތުގެ 3 ދުވަހުގެ ތެރޭގައި އެ ސިޓީއަކަށް ޖަވާބު ދިނުން. ޖަވާބުދިނުން ލަސްވާނަމަވެސް އެކަމުގެ ސަބަބު އޮޅުންފިލުވައި ދިނުން ނުވަތަ ވަގުތީ ޖަވާބެއް ދިނުން.
  • ދައުލަތުގެ އެހެން މުއައްސަސާ އަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ ސިޓީތަކަށް ރަސްމީ މަސައްކަތުގެ 3 ދުވަހާއި 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދިނުން.

3

އެޕޮއިންޓްމެންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިޔަކާއި ބައްދަލުކުރުމަށް އެދި ހުށަހަޅާ އެޕޮއިންޓްމެންޓަކަށް، ބައްދަލުކުރައްވަން އެދިލައްވާފައިވާ ވެރިޔާގެ ލަފާގެމަތިން އެޕޮއިންޓްމެންޓް މަސައްކަތު ރަސްމީ 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ހަމަޖައްސައި ޖަވާބު ދެވޭނެ.

4

ދަރިވަރުން ސްކޫލްގައި ރަޖިސްޓްރީ ކުރުން

  • ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމު ސްކޫލް އޮފީހުން ލިބެން ހުންނާނެ. މި ފޯމު ފުރިހަމަ ކުރުމަށްފަހު ސްކޫލަށް ހުށަހަޅާ ވަގުތުން ފެށިގެން ދަރިވަރު ސްކޫލްގައި ރަޖިސްޓްރީ ކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ފެށޭނެ.
  • ދަރިވަރު ސްކޫލްގައި ރަޖިސްޓްރީކޮށް އިންޑެކްސް ނަންބަރުދީ ސްކޫލަށް ފޮނުވަން ވާންޖެހޭ ތައްޔާރީ ތަކުގެ މަޢުލޫމާތު ދިނުން.
  • ދަރިވަރުގެ މަޢުލޫމާތު މެމިސްގައި ރެކޯޑުކުރުން. އެހެން ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްނަމަ، މިމިސް މެދުވެރިކޮށް ދަރިވަރު ޓްރާންސްފަރ ކުރުމަށް އެދުން.
  • ފައުންޑޭޝަން ކުލާސްތަކަށް ދަރިވަރުން ވެއްދުމަށް އެދޭފޯމް

https://drive.google.com/file/d/1sLvWAA_mcw1H7ng1Nlud9FWVmE3-3uPU/view?usp=sharing

 

  • ކީ ސްޓޭޖް 1 ން 5 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް.

https://drive.google.com/file/d/1SthkY6Z3QZ6eYuEz9q9gHakDNcKTekQS/view?usp=sharing

 

5

ދަރިވަރުން ސްކޫލުން ވަކިކުރުން

  • ދަރިވަރަކު ސްކޫލުން ވަކިކުރެވޭނީ ސްކޫލްގެ ގްރޭޑް 10 ނިމުމުން.
  • ރާއްޖެއިން ބޭރަށް ކިޔަވަން ދާންބޭނުންވެގެން ސްކޫލުން ދަރިވަރު ވަކިކުރަން ބޭނުން ވެއްޖެނަމަ، ދަރިވަރު ވައްދާ ސްކޫލުން ޖާގަ ލިބުނު ކަމުގެ ލިޔުމާއެކު، ދަރިވަރު ސްކޫލުން ވަކިކޮށްދިނުމަށް އެދޭ ފޯމު ހުށަހެޅުން.
  • ރަސްމީ މަސައްކަތުގެ 3 ދުވަހުގެ ތެރޭގައި ދަރިވަރުގެ ލީވިންގ ސެޓްފިކެޓް ދޫކުރުން.
  • ދަރިވަރު ސްކޫލުން ވަކިކުރަން އެދި ހުށަހަޅާ ފޯމް ސްކޫލް އޮފީހުން ނުވަތަ ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެ.

https://drive.google.com/file/d/1QQsLAEsoje5LzHANCxKLGuNctGEN9N1S/view?usp=sharing

 

6

ދަރިވަރުންގެ ތަޢުލީމީ ރެކޯޑްތައް ބެލެހެއްޓުން

  • ދަރިވަރުގެ އެކަޑަމިކް، އެކްސްޓްރާ ކޯ ކަރިކިއުލާ ހަރަކާތްތަކުގެ ރެކޯޑް ކޮންމެ ޓާމެއް ވަކިން މީމިސްގައި އަދާކުރެވޭނެ. އަދި މި ރެކޯޑްތައް ގޫގުލް ޑްރައިވް ގައި ރެކޯޑްކޮށް ބެލެހެއްޓޭނެ.

ބަޖެޓް ސެކްޝަން

7

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާނުކުރުން

  • ބިޑްތަކަށް ތައްޔާރު ކުރަންޖެހޭ ޑޮކިޔުމެންޓަތައް (ބިޑްފޮތް، މަޢުލޫމާތުޝީޓް) ތައްޔާރުކުރުން.
  • ސްކޫލަށް ބިޑްކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށްޓަކައި އިޢުލާނުކުރާނީ ދިވެހި ސަރުކާރުގެ ގެޒެޓްގަ.
  • ޚިދުމަތް ފޯރުކޮށްދިނުމަށް އެދޭ ފަރާތްތަކުގެ ނަންނޯޓްކޮށް، އިޢުލާނުގައިވާ ގޮތުގެ މަތިން މަޢުލޫމާތުދިނުން.
  • މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން ބިޑިން ޕްރޮސެސް ކުރިޔަށް ގެންދިޔުން.

8

ފައިސާ ބަލައިގަތުން

  • ލީވިންގ ސެޓްފިކެޓަށް ދައްކަންޖެހޭ ފައިސާ ލީވިންގ ދޫކުރާއިރު ސްކޫލަށް ބަލައިގަތުން.
  • ޓެބްލެޓް، އެސެޓެއް ގެއްލިގެން ނުވަތަ ހަލާކުކޮށްލައިގެން ދައްކާ ފައިސާ ސްކޫލަށް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ބަލައިގަތުން.
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

9

ޢިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން

  • ސްކޫލުގެ ޢިމާރާތާއި ތަކެތި ކުއްޔަށް ދޫކުރެވޭނީ ސްކޫލްގެ ޙަރަކާތްތަކަށް ދަތިނުވާ ގޮތަށް.
  • ޢިމާރާތާއި ތަކެއްޗަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުން.
  • ސްކޫލަށް ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
  • ތަން ނުވަތަ ތަކެތި ދޫކުރާ އެއްބަސް ވުމުގައި ސޮއި ކުރާއިރު ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެންގުން.
  • އަނބުރާ ސްކޫލުން ތަން، ތަކެއްޗާ ޙަވާލުވާއިރު ގެއްލުމެއް ލިބިފައި ވާނަމަ އެކަމުގެ ބަދަލުނެގުން.

10

ބެޖް، ޓެގް ފަދަ ތަކެތި ގެއްލި ނުވަތަ ހަލާކުވުން

  • ސްކޫލަށް އަނބުރާ ދައްކާ ގޮތަށް ޙަވާލުކުރެވޭ ބެޖް، ޓެގް ފަދަ އެއްޗެއް ގެއްލި ނުވަތަ ހަލާކުވެއްޖެނަމަ އެކަމެއް ލަސްނުކޮށް ކްލާސްޓީޗަރަށް އެންގުން.
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

11

ދަރިވަރުންގެ އިމްތިހާނާއި ގުޅޭ ގޮތުން.

  • އިމްތިހާނުތަކުގައި އަމިއްލަޔަށް ފީ ދައްކައިގެން ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިގަނެ، ޗެކްކުރުމަށްފަހު ދައްކަންޖެހޭ ފައިސާގެ ތފްޞީލު ކެނޑިޑޭޓަށް އެންގުން.
  • އިމްތިހާނަށް ދައްކަންޖެހޭ ފައިސާ ސްކޫލްގެ ކައުންޓަރަށް ދެއްކުމަށް އެންގުން.

12

ބަޖެޓްމެދުވެރިކޮށް ސްކޫލަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުން

  • ސްކޫލްގެ މެނޭޖްމަންޓް ގެ މަޝްވަރާގެމަތިން ސްކޫލަށް ބޭނުންވާ ކަންތައްތަކާއި، ތަކެތީގެ ލިސްޓް ތައްޔާރުކުރުން.
  • ކަމާގުޅުންހުރި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތިން ބަޖެޓް އެކުލަވާލާ މިނިސްޓްރީއަށް ފޮނުވުން. އަދި މަދަދުވެރިންގެ އެހީތެރިކަން ހޯދުން.

13

ލިބޭއެހީ

  • ސްކޫލަށް އެހީ ގެ ގޮތުގައި ލިބޭ ފައިސާ ސްކޫލް ކައުންޓަރުން ބަލައިގަތުން.

ހިޔުމަން ރިސޯސް ސެކްޝަން

14

މުއައްޒަފުން ހޯދުން

  • ސްކޫލަށް ހަމަޖެހިފައިވާ މުއައްޒަފުން ހޯދުމަށް އިޢުލާނު ކުރުމުގެ ހުއްދަ އެޑިޔުކޭޝަނުން ހޯދުން.
  • ސްކޫލަށް ބޭނުންވާ މުއައްޒަފުން ހޯދުމަށް ގެޒެޓްގައި އިޢުލާނުކުރުން. މި އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ލިންކް، އައްޔަންކުރުމުގެ އުޞޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޮނުވަންޖެހޭ މެއިލް ފަދަ މުހިންމު މަޢުލޫމާތު ހިމެނުން)

15

ވަޒީފާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން.

  • ސްކޫލް އީމެއިލް އަށް ލިބޭ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު، ރަސްމީ މަސައްކަތު 1 ދުވަހުގެ ތެރޭގައި އިދާރާއަށް ފޯމު ބަލައިގެންކަން އަންގައިދޭ ސްލިޕް މެއިލްކުރުން.
  • ސްކޫލް ކައުންޓަރުން އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކުގައި ފޯމު ބަލައިގަނެ، ޗެކްކުރުމަށްފަހު ފޯމު ބަލައިގެން ކަމުގެ ސްލިޕް ވަގުތުން ޙަވާލުކުރުން.
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިޢުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން އެންގުން.

16

ސްކްރީން މަރުޙަލާ

  • ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް އިދާރާގެ ވެބްސައިޓް ގައި ނުވަތަ ގެޒެޓްގައި ޢާއްމުކުރުން.
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ، ސަބަބު ބަޔާންކޮށް އިންޓަވިޔު ބޭއްވުމުގެ ކުރިން ލިޔުމުން އެކަން އެންގުން.

17

އިންޓަވިޔު ބޭއްވުން

  • ވަޒީފާގެ އިންޓަވިޔުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަވިޔު ޕެނަލް އެކުލަވާލައި އިންޓަވިޔު ބާއްވާނެ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މަޢުލޫމާތު ކެނޑިޑޭޓަށް ދިނުން.

18

އޭ ޓޫ ޝީޓް ޢާއްމު ކުރުމާއި ޝަކުވާ ހުށަހެޅުން

  • އިންޓަވިޔު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭ ޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި ޢާއްމުކޮށް ކެންޑިޑޭޓްގެ ނަންބަރު އެންގުން، އަދި އެއްވެސް ޝަކުވާއެއްވާނަމަ ހުށަހެޅުމަށް 3 ދުވަހުގެ މުހުލަތެއް ދިނުން.
  • ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށަހެޅި ފަރާތަށް އެންގުން. އަދި ހުށަހެޅޭ ޝަކުވާއާއި ގުޅިގެން އޭ ޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާޙުކޮށް އަލުން އިދާރާގެ ވެބްސައިޓްގަ ނުވަތަ ގެޒެޓްގައި ޢާއްމުކުރުން.

19

ވަޒީފާ ހަމަޖެއްސުން

  • އޭ ޓޫ ޝީޓުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމުގެ ކަންތައް ކުރިޔަށް ގެންދިޔުމާމެދު ދެކޭގޮތެއް ބެލުމަށް އެދި މެއިލްއަކުން ދެންނެވުން.
  • ވަޒީފާ ހަމަޖެއްސުމަށް ސިވިލްސާރވިސް އިން ހަމަޖައްސާފައިވާ އުޞޫލުތަކާއި އެއްގޮތަށް ވިއުގައިން ވަޒީފާ ހަމަޖައްސައިދިނުމަށް އެދުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން

  • ސްކޫލުންދޭ ޚިދުމަތްތަކާއި ގުޅޭގޮތުން  ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތަށް ބިނާކުރަނިވި ފާޑުކިޔުމަކީ މިސްކޫލް މަރުޙަބާ ކިޔާކަމެކެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީމެއިލް އަށެވެ. ނުވަތަ ސްކޫލްގެ ޕްރިންސިޕަލް އަށް އެޑްރެސްކޮށް ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ޖަވާބު ދޭނެއެވެ.
  • މީގެއިތުރުން އޮފީހުގެ ޢާއްމު ނަންބަރު 0287792 އަށް ގުޅައިގެންވެސް ހުށަހެޅިދާނެއެވެ.
  • ސްކޫލަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅު ކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެއެވެ.

ސްކޫލްއާއި ގުޅުއްވުމަށް

ފޯނުނަންބަރު:  7920287

އީމެއިލް: [email protected]

މާފުށީ ސްކޫލް / ހަވީރީ ހިނގުން ، ކ. މާފުށީ

 

30 ޑިސެންބަރު 2021
ހޯދާ