ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ދިއްގަރު ސްކޫލް ސާރވިސް ޗާރޓަރ

ސަރވިސް ޗާޓަރ

ތަޢާރަފް؛

މިއީ، ދިއްގަރު ސުކޫލުގެ އިދާރީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 

ތަޞައްވުރު؛

ދިއްގަރު ސްކޫލުގެ ތަޞައްވުރަކީ ޤައުމު ބިނާ ކުރުމަށް ތައްޔާރަށްތިބި، ޒިންމާދާރު، ހުނަރުވެރި، ތަޤުވާވެރި ދަރިންތަކެއް އުފެއްދުމެވެ.

 

އަމާޒު؛

ދިއްގަރު ސްކޫލްގެ އަމާޒަކީ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ދުޅަހެޔޮ ދަރިންތަކެއް އުފެއްދުމާއި، އުނގެނުމަށް މަގުފަހި ކޮށްދޭ، ތޫނުފިލި، ޢިލްމަށް ލޯބިކުރާ، އިސްލާމްދީނުގެ އަސާސްތަކަށް ބޯލަނބާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމެވެ.

 

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން.
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

ޢާންމުފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބުދާރީވުން.

2

ޢާންމުފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބުދާރީވުން.

  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

ދަރިވަރުން ސުކޫލުގައި ރަޖިސްޓްރީ ކުރުން

3

ދަރިވަރުން ސުކޫލުގައި ރަޖިސްޓަރ ކުރުން

  • ދިރާސީ އާއަހަރަށް ސުކޫލުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި ޢާއްމު އިޢުލާނެއް ކުރެވޭނެ.
  • ދަރިވަރުންގެ ރަޖިސްޓްރޭޝަން ފޯރމު ސުކޫލް އޮފީހުން ލިބެންހުންނާނެ. އަދި އެދިލައްވާ ފަރާތްތަކަށް ފޯރމު މެއިލްކޮށްދެވޭނެ.
  • އަހަރުގެ ކޮންމެ ހިސާބަކުންވެސް ދަރިވަރުން ސުކޫލުގައި ރަޖިސްޓްރީ ކުރާ ފޯރމު ސުކޫލަށް ބަލައިގަންނާނެ.
  • ރަޖިސްޓްރޭޝަން ފޯރމު ސުކޫލަށް ބަލައިގަތުމަށްފަހު ހުށަހަޅުއްވާފައިވާ ލިޔުންތަކަށް ބަލައި ދަރިވަރު ރަޖިސްޓްރީ ކުރެވޭނެ.
  • ދަރިވަރުގެ އިންޑެކްސް ނަންބަރާއި، ކުލާސް އަދި ދަރިވަރުގެ މުހިއްމު މަޢުލޫމާތު އެނގޭނެ ރަޖިސްޓްރޭޝަން ސްލިޕެއް ބެލެނިވެރިޔާއާއި ޙަވާލުކުރެވޭނެ.
  • ދަރިވަރުންގެ ޔުނިފޯރމު ޤަވާޢިދު އަދި ސުކޫލުގެ މުހިއްމު މަޢުލޫމާތު އެނގޭނެ ލިޔުމެއް ބެލެނިވެރިޔާއާއި ޙަވާލުކުރެވޭނެ.

 

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

4

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

  • ދަރިވަރުން ސުކޫލުށް ވަކިވުމަށް ނުވަތަ ޓްރާންފަރ ކުރުމަށް ބެލެނިވެރިން އެދުމުން ލިޔެކިޔުންތައް ހަމަކޮށް މިމީސް މެދުވެރިކޮށް ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން.
  • ރާއްޖެއިން ބޭރަށްދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގުން

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

5

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.
  • ދަރިވަރުންގެ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތައް ސުކޫލަށް ލިބުމުން އެތަކެތި ނެގުމަށް ޢާއްމު އިޢުލާނެއް ކުރެވޭނެއެވެ. އަދި ތަކެތި ގެންދަންދެން ރައްކާތެރިކަމާއިއެކު ސުކޫލުގައި ބެހެއްޓޭނެއެވެ.

ބަޖެޓް ސެކްޝަން

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން

6

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން (ސެކިއުރިޓީ ބެލެހެއްޓުން، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން)

 

  • އިޢުލާން ގެޒެޓްކުރުން، ނަންނޯޓް ކުރުމަށް މުއްދަތު ދިނުން، އެކަމަކަށް މަޢްލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން
  • ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން
  • މަޢްލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުގެ ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން
  • ބިޑް ފޮތް ތައްޔާރުކުރުން
  • ޝީޓްގެ ކޮޕީ ހާޒިރުވީ ފަރާތްތަކަށް ދިނުން

އަހަރީ ބަޖެޓް ތައްޔާރުކުރުން

7

ފައިސާބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސްޓީޗަރަށް ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.
  • ސަރުކާރު ރަސްމީ 5 ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

8

އިމާރާތާއިތަކެތި ކުއްޔަށް ދޫކުރުން.

  • ސިޓީއަކުން ސްކޫލަށް ހުށަހެޅުން / ސުކޫލުން އެކަމަށް ޚާއްސަ ކޮށްފައިވާ ފޯރމު ނަންގަވައި ފުރިހަމަކުރުމަށްފަހު ހުށަހެޅުން.
  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތަކަށް ލިޔުމުން އެންގުން.
  • ސިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 3 ދުވަސްތެރޭގައި ޖަވާބުދިނުން.
  • "ސުކޫލުގެ ތަންތަނާއި ތަކެތި ދޫކުރާ ފޯރމު" ފުރިހަމަކޮށް ތަކެތި ދޫކުރުން.

 

9

ލައިބްރަރީ ފޮތްތައް، ޓެގުފަދަ ތަކެތި ގެއްލި ނުވަތަ ހަލާކުވުމުން ދައްކާ ފައިސާ ބަލައިގަތުން

  • ގެއްލި ނުވަތަ ހަލާކުވެއްޖެނަމަ ބެލެނިވެރިޔާ ކްލާސްޓީޗަރަށް ރިޕޯޓްކުރުން، އެއަށްފަހު ފައިސާ ދެއްކުމަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.(https://bandeyripay.finance.gov.mv/)

 

10

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

  • ލީވިންގ ސެޓްފިކެޓް އަށް އެދި ރެޖިސްޓަރ ބެލެނިވެރޔާ (އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯރމު ފުރިހަމަކޮށް) ސްކޫލަށް ހުށަހެޅުން، ސްޓޫޑެންޓް އެފެއަރޒް އިން ބަޖެޓް ސެކްޝަނަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން. (https://bandeyripay.finance.gov.mv/)

 

ހިއުމަން ރިސޯސް ސެކްޝަން

11

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން.

  • ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް އިއުލާން ގެޒެޓް ކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

12

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން. 
  • އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

 

13

 

ސްކްރީނިންގ މަރުހަލާ

 

  • ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް ގެޒެޓްގައި އާއްމުކުރުން.
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، ސަބަބު ބަޔާންކޮށް ލިޔުމުން އެނގުން ( އިންޓަރވިއު ބޭއްވުމުގެކުރިން )
 

 

14

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އެންގުން.

 

15

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް ގެޒެޓްގައި އާއްމުކޮށް ކޮންމެ ކެންޑިޓޭކަށް އެކެންޑިޑޭޓެއްގެ ނަންބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް ތިން ދުވަހުގެ މުއްދަތެއްދިނުން. 
  • ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން. އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.

 

16

ވަޒީފާ ހަމަޖެއްސުން.

  • އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ  އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒިފާ ހަމަޖެއްސުމަށްޓަކައި ފޮނުވުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

  • ސުކޫލުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީ-މެއިލްގެ ޒަރީއާއިންނެވެ. ނުވަތަ ސުކޫލުގެ ޕްރިންސިޕަލް ނުވަތަ އިސްވެރިޔާއަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.
  • މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 7952904 ނުވަތަ 7967479 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  އަދި www.gov.mv   ޕޯޓަލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.  
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް

މިސުކޫލުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:00އަށެވެ. މިވަގުތުގެ އިތުރުން ދަރިވަރުންގެ ރަސްމީ ކިޔެވުން ކުރިޔަށްދާ ވަގުތު ތަކުގައިވެސް އޮފީހުގެ ޚިދުމަތް ބެލެނިވެރިންނާއި ދަރިވަރުންނަށް ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.

 

 

މިގަޑިތަކުގައި ތިރީގައިވާ ނަންބަރުން ނުވަތަ ސުކޫލު އޮފީހަށް ހާޒިރުވެ ނުވަތަ އީމެއިލް މެދުވަރިކޮށް ސުކޫލަށް ގުޅޭނެއެވެ. އަދި ޝަކުވާ ހުށަހެޅޭނެއެވެ. ހުށަހަޅާ ޝަކުވާތަކަށް ސަރުކާރުގެ ރަސްމީ 7 ދުވަށް ތެރޭގައި ޖަވާބު ދެވޭނެއެވެ.

ފޯނު ނަންބަރު: 7952904

ހޮޓްލައިން: 7967479

އީމެއިލް: [email protected]

ދިއްގަރު ސުކޫލް / މ. ދިއްގަރު 

30 ޑިސެންބަރު 2021
ހޯދާ