ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު މި މަދަރުސާގެ ސެކިއުރެޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު: 15/2021/11GS

އިޢުލާނު

 އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

2022 ވަނަ އަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2022 ޖަނަވަރީ 03 ވާ ހޯމަ ދުވަހު 10:30 އަށް      ފ. އަތޮޅުމަދަރުސާއަށް ދުރުވެދެއްވުން އެދެމެވެ.

2022 ޖަނަވަރީ 9 ވާ އާދީއްތަ ދުވަހު 10:30 އަށް

ފ. އަތޮޅުމަދަރުސާއަށް ދުރުވެދެއްވުން އެދެމެވެ.

 
 
 
 
 
މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ،މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބަޔާންކުރެވިފައިވާ ތާރީޚަށް މި ސްކޫލު އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19  ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތަށް މަޢުލޫމާތުދޭގަޑީގައި މަޢުލޫމާތުދެވޭނީ، ޙާޒިރުވާ ކޮންމެބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 ޖުމާދުލްއޫލާ 1443 

30 ޑިސެމްބަރ 2021

30 ޑިސެންބަރު 2021
ހޯދާ