ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
ސަރވިސް ޗަރޓަރ

       
     
 
 

    

     ސަރވިސް ޗާރޓަ

 


 

 

 

ސަރވިސް ޗާޓަރ

ތަޢާރަފް؛

މިއީ، މި ސްކޫލުގެ  ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 

ވިޝަން؛

ކާމިޔާބީގެ އެންމެ އުހާ ހަމައަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތްކުރުން

 

މިޝަން؛

ކޮންމެ ދަރިވަރަކީ ވެސްއުނގެނުމަށްފަހި މާޙާއުލެއްގައި ތަޢުލީމު ޙާސިލް ކުރާ، ދުޅަހެޔޮ ޞިއްޙަތާއި އެކުއަމިއްލަ ނަފްސަށް އިތުބާރުކުރާ އަ ދި ޤައުމާއި ދީން ދެކެ ލޯބިވާ ފަރުދީ ގޮތުންނާއި ޖަމާއަތުގެ ގޮތުން ކާމިޔާބު ޝަހްޞިއްޔަތަކަށް ހެދުން.

 

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

 

 

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 7:45 ން 14:00 އަށް  ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

5

ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން

  • ދަރިވަރުންގެ ސްކޫލަށް ވެއްދުމަށް އެދޭ ފޯމް/ ދަރިވަރުން އެއް އެއް ސުކޫލުން އަނެއް ސްކޫލަށް ބަދަލްކުރުމަށް އެދޭ ފޯމް ސްކޫލަށް ބެލެނިވެރިޔާ ހުށަހެޅުން.
  • ދަރިވަރުންގެ މައުލޫމާތު މިމީސްއަށް އެޅުން/ މި މީސްމެދުވެރިކޮށް ޓްރާންފާރ އަށް އެދުން
  • ދަރުވަރުގެ އިންޑެކްސް ނަންބަރ ދިނުމާއި ރެޖިސްޓަރ ކުރުން.
  • ބެލެނިވެރިންނާއި މަޢުލޫމާތު ޙިއްސާކުރުން.
  • ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯމް މި ސްކޫލުން ލިބެން ހުންނާނެއެވެ.

ދަރިވަރުން ސްކޫލުން ވަކިވުން

6

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

  • އެހެން ސްކޫލަކަށް ބަދަލުވާ ދަރިވަރުން "ދަރިވަރުން އެއް ސްކޫލަކަށް ބަދަލްކުރުމަށް އެދޭ ފޯމް" ބަދަލުވާ ސްކޫލަށް ހުށަހެޅުމާއި މިމީސް އިން ޓްރާންސްފާރ އަށް އެދުން.
  • ގްރޭޑް 10 ނިމި ސްކޫލުން ވަކިވާ ދަރިވަރުން ލީވިންގ ސެޓްފިކެޓް އަށް އެދި ފޯމް ހުށަހެޅުން.
  • ރަސްމީ 3 ދުވަހުގެ ތެރޭގައި ލީވިންގ ސެޓްފިކެޓް ނިންމައި ދަރިވަރުން ސްކޫލުން ވަކިކުރުން.
  • ލީވިންގ ސެޓްފިކެޓް އަށް އެދޭ ފޯމް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

7

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.

ބަޖެޓް ސެކްޝަން

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން

8

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން (ސެކިއުރިޓީ ބެލެހެއްޓުން، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން)

 

  • އިޢުލާން ގެޒެޓްކުރުން، ނަންނޯޓް ކުރުމަށް މުއްދަތު ދިނުން، އެކަމަކަށް މަޢްލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން
  • ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން
  • މަޢްލޫމާތަށް އަންނަ ފަރާތްތައް ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން
  • ބިޑް ފޮތް ތައްޔާރުކުރުން
  • ބިޑް ޚުލާސާ ޝީޓް ތައްޔާރުކުރުން
  • ޝީޓްގެ ކޮޕީ ހާޒިރުވީ ފަރާތްތަކަށް ދިނުން

އަހަރީ ބަޖެޓް ތައްޔާރުކުރުން

9

ފައިސާބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސްޓީޗަރަށް، ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.
  • ޕޮލިސް ރިޕޯޓްއާއިއެކު ކަންހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.
  • 5 ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

10

އިމާރާތާއިތަކެތި ކުއްޔަށް ދޫކުރުން.

  • ސިޓީއަކުން ސްކޫލަށް ހުށަހެޅުން.
  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތަކަށް 3 ދުވަހުގެ ތެރޭގައި އެންގުން.
  • ފޯމާއިއެކު ފައިސާ ބަލައިގަތުން، ތަންދޫކުރުން.
  • ތަނަށް/ ތަކެއްޗައް ސްކޫލުން ހަވާލްވާއިރު ގެއްލުމެއް ލިބިފައިވާނަމަ ބަދަލުގެނައުން

 

11

ބެޖް, ޝޭޝްފަދަ ތަކެއްތި ގެއްލި ނުވަތަ ހަލާކުވުމުން ދައްކާ ފައިސާ ބަލައިގަތުން

  • ގެއްލި ނުވަތަ ހަލާކުވެއްޖެނަމަ ބެލެނިވެރިޔާ ކްލާސްޓީޗަރަށް ނުވަތަ   ލީޑިންގ ޓީޗަރ މެދުވެރިކޮށް ރިޕޯޓްކުރުން، އެއަށްފަހު ފައިސާ ދެއްކުމަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

12

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

  • ލީވިންގ ސެޓްފިކެޓް އަށް އެދި ރެޖިސްޓަރ ބެލެނިވެރޔާ ސްކޫލަށް ހުށަހެޅުން، ސްޓޫޑެންޓް އެފެއަރޒް އިން ބަޖެޓް ސެކްޝަނަށް އެންގުން
  • ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

 

13

ތަކެތި ހޯދުން

  • ސީނިއަރ މެނޭޖްމެންޓްގެ މަޝްވަރާގެ މަތިން، ސްކޫލަށް ބޭނުންވާ ކަންކަމުގެ ލިސްޓް އެކުލަވާލުން.
  • ކަމާގުޅުންހުރި ފަރާތްތަކުގެ މައުލޫމާތާއި އިރުޝާދުގެ ދަށުން ބަޖެޓެއް އެކުލަވާލުން
  • ޚިދުމަތާއި ތަކެއްޗައް އެދޭ ފޯމް ފުރިހަމަ ކުރުން
  • ކޯޓޭޝަންހޯދުން ( 3 ފަރާތުގެ އަގު ބެލުން)
  • ޕީއޯ ތައްޔާރުކުރުން.
  • ބިލް އެންޓަރކޮށް ޕީވީ ހަދައި ބިލަށް 15 ދުވަހުގެ ތެރޭ ފައިސާ ޖަމާކުރުން/ ދެއްކުން

ހިއުމަން ރިސޯސް ސެކްޝަން

14

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން.

  • ސިވިލް ސަރވިސްގެ ޤަވައިދާއި އެއްގޮތަށް އިއުލާން ގެޒެޓް ކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

15

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން. 
  • އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 
  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

 

16

 

ސްކްރީނިންގ މަރުހަލާ

 

  • ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، ސަބަބު ބަޔާންކޮށް ލިޔުމުން އެނގުން ( އިންޓަރވިއު ބޭއްވުމުގެކުރިން )
 

 

17

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އެންގުން.

 

18

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކޮށް ކޮންމެ ކެންޑިޓޭކަށް އެކެންޑިޑޭޓެއްގެ ނަންބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް ތިން ދުވަހުގެ މުއްދަތެއްދިނުން. 
  • ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން. އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމް އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.

 

19

ވަޒީފާ ހަމަޖެއްސުން.

  • އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ  އެފަރާތްތަކަށ ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒިފާ ހަމަޖެއްސުމަށްޓަކައި ފޮނުވުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]  މި އީ-މެއިލްގެ ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް

އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.

  • މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 7983074 ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް

ފޯން ނަންބަރު:7983074

އީ-މެއިލް: [email protected]  

  ނިލަންދޫ ސްކޫލް

  ނިލަންދޫ

30 ޑިސެންބަރު 2021
ހޯދާ