ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
ސްކޫލް ސާރވިސް ޗާޓަރ

މި އިޢުލާންވަނީ 29 ޑިސެންބަރު 2021 21:42 ގައި ބާތިލް ކުރެވިފައެވެ.


 

c

 

 

 

ވާދޫ ޖަމާލުއްދީން ސްކޫލް / ގދ. ވާދޫ

25 ނޮވެމްބަރ 2021

 

 

ސާރވިސް ޗާޓަރ

2021

Description: Curled white paper corner with blue background Vector Image

ވާދޫ ޖަމާލުއްދީން ސްކޫލުގެ ތަޢާރަފް

އިސްކަންދަރު ރަސްގެފާނު މާލޭ ހުކުރުމިސްކިތު ދާލައިގައި މަދަރުސާ އެއް ހެއްދެވުމުގެ މާކުރިން ވާދޫ ދަންނަ ކަލޭގެފާނު މި މަދަރުސާ ހިންގެވިކަމަށް މުޙައްމަދު ޖަމީލު "ޢުލޫމުގެ ޤުލްޝަން" ކިޔާފޮތުގައި ލިޔުއްވާފައި ވެއެވެ. އެހިސާބުން ފެށިގެން މިއަދާހަމައަށް ވެސް ތަފާތު ނަންނަމުގައި އެކިތަންތަނުގައި ހިނގަމުން މިދަނީ ހަމަ އެ މަދަރުސާއެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުރަތަމަ މަދަރުސާއޭ ދެންނެވިދާނެއެވެ. މުޙައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަކަލޭގެފާނު، އަޅުއްވައިދެއްވި ތަޢުލީމީ ބިންގަލުގެ މަތީގައި ހިނގަމުންދާ މި ސްކޫލަކީ ދިވެހި ތާރީޚުގެ ރަން ޞަފުހާތަކާއި ގުޅިފައިވާ ރާއްޖޭގެ އެންމެ ދުވަސްވީ ތަޢުލީމީ ބިނާއެވެ. މި ސްކޫލުގެ ފެންނަން އޮތް ތާރީޚަކީ 2 ޖުލައި 1967 އެވެ.

 

Text Box: ތަސައްވަރުވާދޫ ޖަމާލުއްދީން ސްކޫލުގެ ތަސައްވަރު: ވާދޫ ޖަމާލުއްދީން ސްކޫލްގެ ތަސައްވަރަކީ އިސްލާމްދީނުގެ މަތިވެރި ސަޤާފަތަށާއި ޢިލްމަށް،ރޫޙާނީގޮތުން ހުޅުވާލެފައިވާ އެކަމަށް ބާރުއަޅާ ދަރިވަރުންތަކެއް އުފައްދައި،އުނގެނުމުގައި އުފެއްދުންތެރި،އަމިއްލައަށް އިސްނަގާ،ޤާބިލު،ރޫޙާނީ އަދި މާއްދީ ސިފަތަކާއި ތަޢާރުޟުނުވެ،ޒަމާނީ ބަދަލުތަކާއިއެކު ކުރިއަރައިގެންދާން އެނގޭ ދަރިވަރުންތަކެއް ބިނާކުރުމެވެ.

Our Vision: Vaadhoo Jamaaluddin School upholds the Islamic tradition of great respect for knowledge and an open spirit of inquiry that encourages developing students’ innate creativity in learning academic programs to develop a healthy self-concept leading which intend to serve the needs of the modern world without sacrificing moral and spiritual values.

 

Text Box: ލަނޑުދަނޑިވާދޫ ޖަމާލުއްދީން ސްކޫލުގެ ލަނޑުދަނޑި: ދަރިވަރުންގެ ދީނީ،ތަޢުލީމީ އަދި އިޖުތިމާޢީ ޤާބިލުކަން  އެންމެ މަތީ ހަރުފަތަށް ވާސިލުކުރުމަށް ހިތްމަތާއިއެކު މަސައްކަތްކުރުން.

Our Mission: Challenging students to reach their religious, academic and social potentials

 

ވާދޫ ޖަމާލުއްދީން ސްކޫލުގެ މޮޓޯ

ވިސްނުމާއިއެކު ހިންމަތުން އަދުކުރާނަމެ ކާމިޔާބު!

Our Motto:To succeed with wisdom and insight

 

ސްކޫލުން ފޯރުކޮށްދެވޭ ޚިދުމަތްތައް

 
 

 

 

               
 
 
   
 
   
 
   
 
   
 
   
 
   
 
   
 
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

އޮފީހަށް އަންނަ މީހުންނަށް އަދި ފޯން ކޯލަށް ޖަވާބުދާރީވުން

Ø     ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 07:30 އިން ފެށިގެން މެންދުރު ފަހު 14:00 އަށް ޚިދުމަތް ހޯދުމަށް އިދާރާއަށް ހާޒިރުވާ ފަރާތްތަކަށް އަދި ގުޅުއްވާ ފަރާތްތަކަށް ހިނިތުންވުމާއިއެކު މަރުހަބާ ކިޔައި މުޢާމަލާތް ކުރުން.

Ø     ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދޭންޖެހޭ ޖަވާބު ޚިދުމަތް ލިބިގަންނަން އެދޭ ފަރާތަށް ސާފުކޮށް އެނގޭގޮތަށް ފޯރުކޮށްދިނުން.

Ø     މުޢައްސަސާގެ ވެރިއަކާ ބައްދަލުކުރުމަށް އެޕޮއިންޓްމެންޓަކަށް އެދިފައިވާނަމަ، ވެރިޔާ ނިންމަވާ ގޮތެއްގެ މަތިން ރަސްމީ ބަންދު ނޫން 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.

 

ލިޔެކިޔުންތަކަށް ޖަވާބުދާރީވުން

Ø     ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުން. އަދި ޖަވާބުދާރީ ނުވެވޭފަދަ ހާލަތެއް މެދުވެރިވެ ނުވަތަ ޖަވާބުދާރީ ނުވެވިއްޖެނަމަ، ޖަވާބު ދިނުން ލަސްވާ ސަބަބު އޮޅުން ފިލުވައިދީ ވަގުތީ ޖަވާބެއް 3 ދުވަހުގެ ތެރޭގައި ދިނުން.

Ø     ދަޢުލަތުގެ މުޢައްސަސާއަކަށް ޖަބާދުދާރީ ވާންޖެހޭނަމަ، ޖަވާބު ދާރީވުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ދާރީވުން ނުވަތަ ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުން.

 

 

 

ދަރިވަރުން ސްކޫލަށް ވެއްދުން އަދި ވަކިކުރުން

Ø     ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން.

Ø     ދަރިވަރު ސްކޫލުގައި ރަޖިސްޓްރީ ކުރުމަށްފަހު އިންޑެކްސް ނަންބަރ ބެލެނިވެރިޔާއާއި ޙިއްސާ ކުރުން.

Ø     ދަރިވަރަކު އެހެން ސްކޫލަކަށް ބަދަލުވާނަމަ، ބަދަލުވާ ސްކޫލުގައި ޖާގަ އޮތްކަމުގެ ލިޔުން މި ސްކޫލަށް ހުޝަހެޅުމުން، އެ ދަރިވަރަކު އެ ސްކޫލަކަށް ބަދަލުކުރުން.

Ø     ސްކޫލަށް ދަރިވަރަކު ރަޖިސްޓްރީވުމުން އަދި އެހެން ސްކޫލަކަށް ބަދަލުވުމުން މިމިސް ގައި ދަރިވަރުގެ މަޢުލޫމާތު އަދާހަމަކުރުން.

Ø     ދަރިވަރަކު ރާއްޖެއިން ބޭރަށް ބަދަލުވާނަމަ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މަޢުލޫމާތު ޙިއްސާކުރުން.

 

ތަޢުލީމީ ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން

Ø     ދަރިވަރުގެ ހާޒިރީ ދުވަހުން ދުވަހަށް މިމިސްއަށް އަދާހަމަކުރުން.

Ø     ކޮންމެ ސެމިސްޓަރއެއްގައި ދަރިވަރުންގެ ތަޢުލީމީ ފެންވަރު މިމިސްއަށް އަދާހަމަކުރުން.

Ø     ކޮންމެ ސެމިސްޓަރއެއްގެ ނަތީޖާ މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ބެލެނިވެރިންނާއި ޙިއްސާކުރުން.

 

 

ސްކޫލް ބޯޑާއި ޕީޓީއޭ

Ø     މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ބެލެނިވެރިންނާއި މުދައްރިސުންގެ އެސޯސިއޭޝަން އެކުލަވާލުން.

Ø     މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ސްކޫލް ބޯޑު އެކުލަވާލުން.

 

ސްކޫލަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުން

Ø     މާލިއްޔަތު ޤާނޫނާއި، ޤަވައިދާއި އެއްގޮތަށް ސްކޫލަށް ބޭނުންވާ ޚިދުމަތާ ތަކެތި ހޯދުން.

Ø     ގެންނަ ތަކެތި ސްޓޮކް ފޮތަށް އަދާ ހަމަކުރުން.

Ø     މާލިއްޔަތު ޤަވައިދާއި އެއްގޮތަށް ބިލުތަކަށް ފައިސާ ދެއްކުން.

 

ސްކޫލުގެ މުދަލާއި ތަކެތި ކުއްޔަށް ދިނުމާއި ލިބޭ ފައިސާ ބެލެހެއްޓުން

Ø     ސްކޫލުގެ މުދަލާއި ތަކެތި ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް މުދަލާއި ތަކެތި ކުއްޔަށް ދޫކުރުން.

Ø     އިސްވެރިއާގެ ހުއްދަ ލިބުމުން ލިޔެކިޔުމުން މުދަލާއި ތަކެތި ހަވާލުކުރުން.

Ø     ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް އެންގުން.

 

 

ބިޑްކުރެވޭ މަސައްކަތާއި ޚިދުމަތަށް ޢިއުލާން ކުރުން

Ø     އިޢުލާން ގެޒެޓްކުރުން.

Ø     ޝައުޤުވެރިވާ ފަރާތްތަކަށް ނަން ނޯޓު ކުރުމަށް މުއްދަތު ދިނުން، އެކަމަށް މަޢުލޫމާތުތައް އެއްކޮށް ލިޔުމުން އެ ފަރާތްތަކަށް ދިނުން.

Ø     ނަން ނޯޓުކުމަށް ޝީޓެއް ތައްޔާރުކޮށް ނަން ނޯޓުކުރުން.

Ø     މަޢުލޫމާތު ހޯދަން އަންނަ ފަރާތްތައް ނޯޓުކުރާ ޝީޓެއް ތައްޔާރު ކުރުން.

Ø     ބިޑް ފޮތެއް އެކުލަވާލުން.

Ø     ޝީޓްގައި ސޮއިކުރުވައި ހާޒިރުވީ ފަރާތްތަކަށް ހަވާލުކުރުން.

 

ޓެބްލެޓާއި އެހެނިހެން ހަރުމުދާ ބެލެހެއްޓުން

Ø     ޓެބްލެޓްގެ އިންވެންޓްރީ އަދާހަމަކޮށް އިންވެންޓްރީ ބަލަހައްޓާ މުވައްޒިފަށް އެންގުން.

Ø     ޓެބްލެޓަށް ނުވަތަ އެހެންވެސް ހަރުމުދަލެއް ގެއްލި ނުވަތަ އިޙުމާލަކުން ހަލާކުވެއްޖެނަމަ ފުލުހުންނަށް ރިޕޯޓްކުރުމަށްފަހު ކަންހިނގި ގޮތް ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީއެއް އިދާރާއަށް ހުށަހެޅުން.

Ø     ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

Ø     އިންވެންޓްރީ އަދާހަމަކޮށް ބެލެހެއްޓުން.

 

 

 

ހިއުމަން ރިސޯސް މެނޭޖްމެންޓް

Ø     ރިކުއަރމެންޓްގައި ހިމެނޭ މުވައްޒިފުން ހޯދުމަށް ސިވިލް ސާރވިސްގެ ޤަވައިދާއި އެއްގޮތަށް ދިވެހި ސަރުކަރުގެ ގެޒެޓުގައި ޢިއުލާން ކުރުން.

Ø     ހުށަހަޅަންޖެހޭ ލިޔުންތަކާއި އައްޔަންކުރުމުގެ އުސޫލުގެ ލިންކާއި އެޕްލިކޭޝަން ހުށަހަޅަންވީ މެއިލް ޢިއުލާނުގައި ހިމެނުން.

Ø     އީމެއިލް މެދުވެރިކޮށް ލިބޭ އެޕްލިކޭޝަން ޗެކުކޮށް ރަސްމީ ބަންދު ނޫން 1 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ލިބުނުކަމުގެ ސްލިޕް އީމެއިލް މެދުވެރިކޮށް އެ ފަރާތަށް ފޮނުވުން.

Ø     އިދާރާއަށް ހުށަހެޅޭ ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި ފޯމު ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެ ފަރާތާއި ހަވާލުކުރުން.

Ø     ކޮންމެހެން ހިމަނަންޖެހޭ ލިޔުމެއް އެޕްލިކޭޝަންގައި ހިމެނިފައިނުވާނަމަ ޢިއުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތަށް އެކަން އެންގުން.

Ø     ވަޒީފާއަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި ޝަރުޠު ހަމަނުވާ ފަރާތްތައް ވަކިކޮށް ގެޒްޓްގައި އާންމުކުރުން.

Ø     ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް (އިންޓަރވިއުގެ ކުރިން) ސަބަބު ބަޔާންކޮށް އެކަން ލިޔުމުން އެންގުން.

Ø     ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތަނާއި ވަގުތާއި ތާރީޚް އެންގުން.

Ø     އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި A2 ޝީޓް ގެޒެޓްގައި އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއް ދިނުން.

Ø     ޝަކުވާ ހުށަހެޅުމަށް ދެވޭ ފުރުސަތުގައި ޝަކުވާއެއް ހުށަހަޅައިފިނަމަ ޝަކުވާ ބެލުމަށްފަހު، ޝަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އެންގުން. އަދި ޝަކުވާ ބެލުމަށްފަހު A2 ޝީޓަށް ބަދަލެއް އައިސްފިނަމަ A2 ޝީޓް އިސްލާޙުކޮށް އަލުން ގެޒެޓްކުރުން.

Ø     A2 ޝީޓުން އެންމެ މަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔެކިޔުންތައް ފުރިހަމަކޮށް، ވިއުގަ މެދުވެރިކޮށް ވަޒީފާ ހަމަޖެއްސުމަށް ފޮނުވުން.

Ø     ބިދޭސީ ޓީޗަރުންގެ މަޢުލޫމާތު އަދާހަމަކުރުން.

 

ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފާޑުކިޔުން ހުށަޙެޅުން

Ø     އޮފީހުންދޭ ޚިދުމަތަކާއި ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަށް ފާޑުކިޔުމުގެގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މި މުޢައްސަސާއިން މަރުޙަބާ ކިޔަމެވެ.

Ø     އޮފީހުންދޭ ޚިދުމަތެއްގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ބިނާކުރަނިވި ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މި މުޢައްސަސާއިން މަރުޙަބާ ކިޔަމެވެ.

Ø     ހުށަހެޅުންތައް ފޮނުވާނީ [email protected] އީމެއިލް މެދުވެރިކޮށެވެ. ނުވަތަ އިދާރާގެ އިސްވެރިއަކަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުއްވައިގެންނެވެ. ނުވަތަ 7983084 އަށް ގުޅުއްވައިގެންވެސް ހުށަހެޅިދާނެއެވެ.

Ø     ޚިޔާލު ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.

Ø     މިފަދަ ހުށަހެޅުންތައް ބަލައިގަނެ ވަގުތުން އިސްލާޙުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

 

29 ޑިސެންބަރު 2021
ހޯދާ