މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގައި ހުރި ބައު ދަގަނޑު ނީލަން ކިއުމަށް

                                                                               ނަންބަރު:- (IUL)471-CDS1/471/2021/58

 

ޢާއްމު އިޢުލާން

                                    

 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ހުރި ބައު ދަނގަނޑު ނީލަމްގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔަން ހަމަޖެހިފައިވާ ތަން:  ތިލަފުށި 3 ގައި
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 9995218

 

      ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.  

 

ނޯޓު: މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 12.00 ޖެހުމުގެ ކުރިން 9995218 އަށް ގުޅައި ނަންނޯޓް ކުރުމުން ޓްރާންސްޕޯޓްގެ އިންތިޒާމް ހަމަޖެހޭނެވާހަކަ ދެންނެވީމެވެ. އަދި މިފަރާތްތަކަށް ޓްރާންސްޕޯޓާއި ގުޅޭ އެންމެހައި މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި އަމިއްލައަށް ދަތުރު ހަމަޖައްސަންބޭނުންވާ ފަރާތްތަކުން ނީލަންކިޔުމަށް ހަމަޖެހިފައިވާ ސައިޓަށް (މަތީގައިވާ ތަފްސީލާއި އެއްގޮތަށް ތިލަފުއްޓަށް) ވަޑައިގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

29 ޑިސެންބަރު 2021
ހޯދާ