ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުން

ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

                  

     މިސްކޫލޫގެ ސެކިޔުރިޓީ އައުޓްސޯސް ކުރުމާބެހޭ ގޮތުން ކުރެވުނު ނަމްބަރު GS-205/IUL/2021/63 އިއުލާނާއި ގުޅިގެން ހުށަހެޅުނު

އަންދާސީ ހިސާބު ތަކަކީ އެކަށީގެންވާ އަންދާސީ ހިސާބު ތަކަކަށް ނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.

      2022 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް

ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙަށް މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓުކޮށް،

މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން

އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބިޑްރަޖިސްޓްރީގައި ނަން ނޯޓް ކުރުން

މައުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

2021 29 ޑިސެމްބަރ 2021 އިން 31 ޑިސެންބަރ 2021 ވަނަ ދުވަހު 12:00 އަށް

02 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ  10:00އަށް (ރަތަފަންދޫ ސްކޫލް އޮފީސް)

10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ ހެންދުނު 10:00 ގައި ރަތަފަންދޫ ސްކޫލް އޮފީސް

              މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ އޮފީހުގައި އޮންނާނެއެވެ. މި

މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު (08/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ގާނޫނު

(19/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.  މިމަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މި އިއުލާނާއެކު ޑައުންލޯޑް

ކުރެވެން ހުންނާނެއެވެ.

              އަދި ދަންނަވަމެވެ. ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ އަދި ބިޑާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނުގައި

ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. (މައުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރު ނުވެވޭ ފަރާތްތަކުން ބަދަލުގައި

ފޮނުއްވާ މީހެއްގެ މައުލޫމާތު ވަގުތު ޖެހުމުގެ ކުރީން ސްކޫލަށް މެއިލްގެ ޒަރީއާއިން އަންގަން ވާނެއެވެ.) ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ

ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. މައުލޫމާތު ސާފްކުރުމާއި ބިޑް ރަޖިސްޓްރީގައި

ނަން ނޯޓް ކުރުމަށް 7973947 އަށް ތިރީގައި މިދަންނަވާ މައުލޫމާތު އެސްއެމް އެސް ގެ ޒަރިއްޔާއިން ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ

ތިރީގައި މިދަންނަވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ. މެއިލް ލިބުނުތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

ކުންފުނީގެ/އިންވެސްޓްމެންޓް ގެނަން:

ރަޖިސްޓްރީ ނަމްބަރ:

ގުޅޭނެ މޮބައިލް ނަމްބަރ:

އީމެއިލް އެޑްރެސް:

[email protected]

29 ޑިސެންބަރު 2021
ހޯދާ