މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)311/311/2021/75 ) 6 ޑިސެންބަރު 2021) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީވެ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 3 ވަނަ އިޢުލާނެވެ.

ވީމާ މިމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން 09 ޖަނަވަރީ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިލިންކް https://docs.google.com/forms/d/e/1FAIpQLSfJlRiNfzuGqK4szWvqXuq4b5wDXOuV37-rczjn1SVrprujeQ/viewform މެދުވެރިކޮށް ބިޑްރެޖިސްޓްރީ ގައި ބައިވެރިވެދެއްވުން އެދެމެވެ. މިމަސައްކަތާއިގުޅޭ ބިޑް ޑޮކިއުމެންޓް މިއިދާރާގެ ވެބްސައިޓްއިން 30 ޑިސެމްބަރ 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މަސައްކަތާއިގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 ޖަނަވަރީ 2022ވަނަ ދުވަހުގެ ދުވަހުގެ 12:00ގެ ކުރިން، މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 09 ޖަނަވަރީ 2022ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

29 ޑިސެންބަރު 2021
ހޯދާ