އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
85 އިންޗީގެ 4K ސްމާޓް ކުލަ ޓީވީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. 85 އިންޗީގެ 4k ސްމާޓް، ކުލަ ޓީވީއެއް، މި އިދާރާއަށް ސަޕްލައިކޮށްދިނުމަށް، ޝައުޤްވެރިވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، އެންމެކުދި، ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޖަނަވަރީ 05 ވާ، ބުދަ ދުވަހުގެ 14:00ގެ ކުރިން،  [email protected] އަށް މެއިލްކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ.
  4. ނަންނޯޓުކުރައްވާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ފަރާތްތަކުން، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

4. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2022 ޖަނަވަރީ 06 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022 ޖަނަވަރީ 06 ވާ ބުރާސްފަތު ދުވަހުގެ، 13:35 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައެޅުމުގައި، މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލައި، 10 ފެބްރުއަރީ 2021 ގައި ގެޒެޓްކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށް އަމަލުކުރެވޭނެ އެވެ.

29 ޑިސެންބަރު 2021
ހޯދާ