ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަމު ކުނިމެނޭޖް ކުރުމުގެ ޕްރޮޖެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

4465.00ރ

މުސާރަ:

1500.00ރ

ރިސްކް އެލެވަންސް:

  1. ކުނީގެ ހިދުމަތްތަކާއި ގުޅިގެން ނަގާ ފީއާއި އެހެނިހެން ފައިސާ ބަލައިގަނެ ދުވަހުން ދުވަހަށް އެ ފައިސާ ބަޖެޓާ ހަވާލުކުރުން.
  2. ލިބޭ ފައިސާއާއި، ޚަރަދުވާ ފައިސާގެ ހިސާބު ކިތާބު ލިޔެ ބެލެހެއްޓުމާއި، ފައިސާގެ ރިޕޯޓްތައް ތައްޔާރު ކުރުން.
  3. ކުނި ކޮށިތައް ބަލަހައްޓާ މުވައްޒަފުންގެ ރަޖިސްޓްރީއާއި، ޚާޞިރީ ލިޔެ ބެލެހެއްޓުން.
  4. ކޮންމެ މަހަކު މުވައްޒަފުންގެ ހާޟިރީ ރިޕޯޓާއި މުސާރަ ޝީޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  5. ކުނިކޮށީ މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  6. އެއްކުރެވޭ ކުނީގެ ތެރޭގައި ކާދު ހެދުމަށް ބޭނުންވާ ތަކެތި ވަކިކޮށް އެ ތަކެތިން ކާދު ތައްޔާރު ކުރުވުން.
  7. އެއްކުރެވޭ ކުނީގެ ބާވަތްތަކުގެ ރެކޯޑު އެކިބާވަތްތައް ވަކިވަކިން ބެލެހެއްޓުން.
  8. ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ ވެހިކަލްތަކާއި އެނޫން ތަކެތި ސާފުކޮށް ބެލެހެއްޓުވުން.
  9. ކުނިކޮށި ސާފުކޮށް ބެލެހެއްޓުވުން.
  10. ކުނި މެނޭޖުކުރުމާ ގުޅިގެން އިތުރަށް ކުރަންޖެހޭ އެހެނިހެން މަސައްކަތް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.
  11. އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

ޑްރައިވަރ

މަޤާމް:

02

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5000.00ރ

މުސާރަ:

1000.00ރ

ސަރވިސް އެލަވަންސް

1000.00ރ

ރިސްކް އެލެވަންސް:

  1. ކައުންސިލުން އަންގާގޮތެއްގެ މަތިން ގޭގެއިން ކުނި ކަލެކްޓްކުރުމަށް ވެހިކަލްގައި ދަތުރުކުރުން.
  2. ވެހިކަލް ދުއްވާއިރުގައާއި، ޕާކިންގ ޒޯނުގައި ވެހިކަލް ބާއްވާފައި އޮންނައިރު ގެއްލުމެއް ލިބިދާނޭ އެއްމެހައި ކަންކަމުން ރައްކާތެރިކޮށް ވެހިކަލް ބެލެހެއްޓުމުގެ އެއްމެހައި ކަންކަން ބެލެހެއްޓުން.
  3. ވެހިކަލްގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާތަކެތި މަރާމާތުކުރުމަށް އިދާރާގެ ކަމާބެހޭ ވެރިންނަށް ހުށަހަޅައި އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން އެކަންކަން ރަނގަޅުކުރުން.
  4. ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިތަކުގައި އިދާރާއިން އަންގާގޮތެއްގެ މަތިން އިދާރާގެ މަސައްކަތުގައި ބައިވެރިވުން.
  5. ކޮންމެދުވަހަކު މަސައްކަތް ނިމުމުން ވެހިކަލް ދޮވެ ސާފުކުރުން.
  6. ވެހިކަލް ސްޓާރޓް ކުރުމުގެ ކުރިން ތެލާއި ފެން ހަމަތޯ ޗެކްކުރުން.
  7. އަޑީތެޔޮ ބަދަލުކުރަން ޖެހޭ މުއްދަތުގައި ތެޔޮ ބަދަލުކުރުމާއި ސާރވިސް ކުރުން.
  8. ވެހިކަލް ދަތުރުތަކުގެ ލޮގް ބެލެހެއްޓުން.
  9. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.
  2. C1 އަދި C2 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން.
  3. އުމުރުން 60 އަހަރު ނުފުރޭ މީހަކަށް ވުން.
  4. ގިނަވަގުތު މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވުން.

މަޤާމުގެ ޝަރުޠުތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޖަނަވަރީ 2022 އާއި 15 ޖަނަވަރީ 2022 އާ ދެމެދު، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

26 ޑިސެންބަރު 2021
ހޯދާ