ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ހުޅަނގު ފަރާތު ބީޗް ސަރަހައްދުގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކުޅުދުއްފުށީ ހުޅަނގު ފަރާތު ބީޗް ސަރަހައްދުގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 02 ޖަނަވަރީ 2022 ވާ (އާދީއްތަ) ދުވަހުގެ  10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/2zW3FTDs2g

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

02 ޖަނަވަރީ 2022 (އާދީއްތަ)

10:00

މައުލޫމާތު ދިނުން

02 ޖަނަވަރީ 2022 (އާދީއްތަ)

13:15

އަންދާސީ ހިސާބު ހުށަހެޅުން

09 ޖަނަވަރީ 2022 (އާދީއްތަ)

13:15

 

 

މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މައުލޫމާތު ސެޝަން) ގައި ބައިވެރި ވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

ނޯޓް: ބީލަން ހުށަހަޅާ ބީލަންވެރިން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް އަދި -/750 (ހަތްސަތޭކަ ފަންސާސް) ދިވެހި ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ފައިނޭންސިއަލް އިންސްޓިޓިއުސަންއަކުން މިހާރުން ފެށިގެން ހޯދުމަށް ސަމާލުކަން ދިނުން އެދެމެވެ.

މައުލޫމާތު ސީޓް އެޓޭޗް ކުރެވިފައި

28 ޑިސެންބަރު 2021
ހޯދާ