މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

އިއުލާން

ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކުރިޔަށް ގެންދާ ސްކިލްސް ފޮރ އަ ރިޒިލިޔަންޓް ވޯރކްފޯސް ޕްރޮގްރާމުގެ ދަށުން އިތުރު ކޯސްތައް ހިންގައިދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި ޕްރޮގްރާމާއި ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.

            މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2022 ޖަނަވަރީ 06 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2022 ޖަނަވަރީ 09 ގެ 11:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2022 ޖަނަވަރީ 17 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

            

28 ޑިސެންބަރު 2021
ހޯދާ