މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީދަތުރުކޮށްދޭނެ އުޅަނދެއް ބޭނުންވެއްޖެ

ނަމްބަރު: (IUL)297/297/2021/121

އިޢުލާން

ފެރީ ދަތުރުކޮށްދޭނެ އުޅަނދެއް ބޭނުންވެއްޖެ

      ނ.ވެލިދޫއާއި  ނ.ދޮނައެރި ކަނޑޫދޫއާ ދެމެދު 01  އަހަރު ދުވަހުގެ މުއްދަތަށް، ހަފްތާއަކު އެއްދުވަހު ފެރީދަތުރުކޮށްދޭނެ، މަދުވެގެން 15 މީހުންގެ ޖާގައިގެ އުޅަނދެއް މި ކައުންސިލަށް ބޭނުންވެއްޖެއެވެ.

ވީމާ، އެއްބަސްވުމެއްގެ ދަށުން މިދަތުރުތައް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިދަންނަވާ ތަކެއްޗާއެކު 2022 ޖަނަވަރީ 06 ވާ ބުރާސްފަތިދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބާއެކު މިދަންނަވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • އުޅަނދުގެ ސަލާމަތީ ސެޓްފިކެޓުގެ ކޮޕީ 
  • އުޅަނދުގެ ރަޖިސްޓަރީގެ އަސްލާއި ކޮޕީ (އަސްލު ބެލުމަށްފަހު ހަވާލު ކުރެވޭނެއެވެ.)
  • އުޅަނދުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ / ކުންފުންޏެއްގެ އުޅަނދެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ސާފުކޮޕީ

                       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 ޑިސެންބަރު 2021
ހޯދާ