ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މި ޓްރައިބިއުނަލްގެ ލީގަލް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ލީގަލް އޮފިސަރ

މަޤާމް ނަންބަރު:

TAT-115

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމެންޓް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/6,000ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލަށް ބެލޭނޭ މައްސަލަތައް ކަނޑައެޅުމުގައި ރެޖިސްޓްރަރ އަށް އެހީތެރިވެދިނުން. 
  2. ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.
  3.  ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ދިނުން.
  4. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ދުވަހުން ދުވަހަށް ބަލާ ޔަޤީންކުރުން.
  5. ޓްރައިބިއުނަލަށް ބަލައިގަންނަ މައްސަލަތަކުގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް ލަފަޔާއި، އިރުޝާދު ދިނުމާއި، ކޭސްތައް ރަނގަޅަށް ރެކޯޑްކޮށް، ފައިލްކޮށް، ބެލެހެއްޓެމުންދާކަން ޔަޤީންކުރުން.
  6. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާ ދިރާސާކުރުން؛ މިގޮތުން މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލުތަކުން ނިންމާފައިވާ ނިންމުން ބަލާ ދިރާސާކޮށް މެމްބަރުންނަށް ލަފާދިނުން.
  7. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ދިރާސާކޮށް މެމްބަރުންނަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  8. ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް  ތައްޔާރުކުރުން.
  9. ޓްރައިބިއުނަލުގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލުގެ މައްސަލަބެލުމާއި، ޓްރައިބިއުނަލުގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އރުޝާދު ޓްރައިބިއުނަލުގެ މެމްބަރުންނަށް ދިނުން.
  10. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ އަޑުއެހުން ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.
  11. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި ޓްރައިބިއުނަލުގެ މެމްބަރުންނަށް އެހީތެރިވެދިނުން.
  12. ޓްރައިބިއުނަލަށް ހުށަހެޅޭ އިދާރީ އެކިއެކި މައްސަލަތަކުގައްޔާއި، މީޑިއާއަށް ޖަވާބު ދާރީވާންޖެހޭ ކަންތައްތަކުގައި މެމްބަރުންނަށް ޤާނޫނީ ލަފާދިނުމާއި، މިފަދަ މައްސަލަތަކުގައި ޖަވާބުދާރީވުމުގައި އެހީތެރިވެދިނުން.
  13. ކޯޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ޓްރައިބިއުނަލު ރިޕްރެޒެންޓް ކުރަންޖެހިއްޖެ ޙާލަތްތަކުގައި ޓްރައިބިއުނަލު ރިޕްރެޒެންޓް ކުރުން.
  14. ޓްރައިބިއުނަލުގެ މެމްބަރުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ފާސްކުރުމުގެ މަސައްކަތްކުރުން.
  15. ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމަށް މާލެއިންބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން
  16. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  17. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

-  ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

- ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).

އެހެނިހެން މަޢުލޫމާތު

މި މަޤާމުތަކަށް މީހަކު ހޮވުމުގައި އަސާސީ ޝަރުތު ކަމަށްބަލާނީ މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީނުގައި ހިމެނިފައިވާ ޝަރުތުތަކެވެ. އެ ޝަރުތުތަކުގައި ހިމެނޭ ސަނަދުތަކަށްވުރެ މަތީ ސަނަދެއް އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

     

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ)

 

2022 ޖަނަވަރީ 4 ވަނަ ދުވަހުގެ 13:00 ގެ ކުރިން

 

 

 

 

 

 

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

27 ޑިސެންބަރު 2021
ހޯދާ