މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

(IUL)MMPRC-PRO/1/2021/72: ނަންބަރު

 

އިޢުލާން

 

މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަނުގެ 4 ވަނަ ފަންގިފިލާއަށް ކޮމްޕިއުޓަރ ސިސްޓަމްސް ގަންނަންބޭނުންވެ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ޑިސެންބަރު 2021ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ އަދަދަށް ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައެއް ނުވެއެވެ.

ވީމާ، މި ކޯޕަރޭޝަނަށް ކޮމްޕިއުޓަރ ސިސްޓަމްސް ވިއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލައިފީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 03 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 04 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: Bid Registration To Purchase Computer Systems for MMPRC 4th Floor

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ޙަސަން ޝަހީލް

މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ

                      23  ޖުމާދަލް ޢައްވަލް 1443

                      27    ޑިސެންބަރު  2021

 

27 ޑިސެންބަރު 2021
ހޯދާ