މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސަވާދީއްތަ ދަތުރަށް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ސަވާދީއްތަ ދަތުރަށް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން ހިންގާ އިވެންޓަކަށް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.  

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި 

އަންދާސީ ހިސާބު ހުށަހެޅުން: 04 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

އޮފީސް އެޑްރެސް:  މ. އައިރިސް (7 ވަނަ ފަންގިފިލާ)، ފަރީދީގޯޅި، މާލެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

27 ޑިސެމްބަރ 2021މ.

 

 

 

27 ޑިސެންބަރު 2021
ހޯދާ