ރ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރ.އަތޮޅު މަދަރުސާގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ

ނަންބަރު: GS18 / I / 2021 / 31  

ނީލަން ކިޔުމާއި ގުޅޭ

ތާރީޙް: 26 ޑިސެމްބަރ 2021

 

އިޤްތިޞާދީ ފުދުންތެރިކަން – އިޖްތިމާޢީ ހަމަޖެހުން

 

 

ރ.އަތޮޅު މަދަރުސާގައި ހުރި ބައެއް ބައު ތަކެތީގެ ނީލަން ކިޔުން 31 ޑިސެމްބަރ 2021 ވާ ހުކުރު ދުވަހުގެ ހަވީރު 04:00 ގައި މިމަދަރުސާގެ ހޯލު (ކަނދޮޅު މާލަން) ގައި އޮންނާނެއެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 31 ޑިސެމްބަރ 2021 ވާ ހުކުރު ދުވަހުގެ 04:00 އަށް މިމަދަރުސާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިންގައިވާ ގޮތަށް މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

   ނީލަން ކިޔުމުގެ އުސޫލް

  • ނީލަން ކިޔާތަކެތި ބައިބަޔަށް  ބެހުމަށްފަހު، ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ
  • ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަނުވާނަމަ، ދެވަނަފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން'' ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރިއަގު ނީލަން ނިމޭ ދުވަހު މި ސުކޫލަށް ދައްކަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ނުދައްކައި ފި ނަމަ އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.

      އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

  ފޯނު ނަންބަރު: 6582705

  އީ-މެއިލް: [email protected]

 

22 ޖުމާދަލްޢައްވަލް 1443

26 ޑިސެމްބަރ 2021

 

 

 

 

 

މުޙައްމަދު އަނީސް

ޕްރިންސިޕަލް

 

26 ޑިސެންބަރު 2021
ހޯދާ