ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް 1 ޓްރައިސިކަލް ( ރަށުޕިކަޕް ) ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

 

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް 1 ޓްރައިސިކަލް ( ރަށު ޕިކަޕް ) ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

ވޭމަންޑޫ ކައުންސިލްގެ ނަންބަރު: (IUL)392-ADM/392/2021/37 ( 13 ޑިސެމްބަރ 2021 ) އިޢުލާނާއި ގުޅިގެން ވޭމަންޑޫ ކައުންސިލަށް 1 ޓްރައިސިކަލް ފޯރުކޮށް ދިނުމަށް އެދި، އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ ދަންނަވަމެވެ.

 ވޭމަންޑޫ ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުންތަކާއި، އަދި ސްޕެސިފިކޭޝަންތަކާއި އެއްގޮތައް ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް 1 ޓްރައިސިކަލް ( ރަށު ޕިކަޕް ) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި އުޅަނދު ވޭމަންޑޫ ކައުންސިލަށް ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް  ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން، ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ.ސީ ކުރަންވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

28 ޑިސެމްބަރު 2021 އިން 04 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

9 ޖެނުއަރީ 2022 ވަނަދުވަހުގެ 13:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:

19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 28 ޑިސެމްބަރ 2021 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 6 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 9 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގައި ވޭމަންޑޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.  

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޑިސެންބަރު 2021
ހޯދާ