މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-347419

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަންދޫ ސްކޫލް / ށ. މިލަންދޫ

މުސާރަ:

5610.00ރ

ސަރވިސް އެލަވަންސް:

2000.00ރ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00ރ

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން. އަދި ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާއި އިޢުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމާއި މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް، އިންޓަރވިއު ނިމުމުން ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު، ސީ.އެސް ވިއުގަ 2.0 މެދުވެރިކޮށް ތަޢުލީމާބެހޭ ޔުނިޓަށް ފޮނުވުން.
  • މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަދާ ހަމަކޮށް ޤަވާޢިދުން ބެލެހެއްޓުން.
  • މުވައްޒަފުންގެ އެޕުރައިޒަލް ފޯރމުތައް ތައްޔާރުކުރުމާއި،ފޯރމުތައް ފުރުވުމާއި، ރިޕޯރޓު ހެދުމާއި ސީ،އެސް ވިއުގަ 2.0 އަށް އެޅުމުގެ މަސައްކަތް ސްކޫލް ވެރިޔާގެ ލަފާގެމަތިން ކުރުން.
  • ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.
  • ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑުތަކުގެ ތަޅުދަނޑިތައް، މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.
  • މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައިލިޔެ ފުރިހަމަކުރުން.
  • މަދަރުސާގެ ޔަޢުމިއްޔާ ބެލެހެއްޓުމާއި، އިދާރީ ކަންކަމުގައި އިދާރީ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • ވަޒީފާއާއި ގުޅިގެން ހަވާލުކުރެވޭ އިދާރީ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:


މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓު
  • މެނޭޖްމަންޓު
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިންގތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓު
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި  މިސްކޫލުގެ އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ބެލުމުގެ ގޮތުން އިމްތިހާނާއި އިންޓަރވިއު ކޮށްގެން

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް ( އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖެނުއަރީ 06 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން، މިސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (އީ-މެއިލް އެޑްރެސް) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް  އޮންނާނީ، 2022 ޖެނުއަރީ 09 އާއި 2022 ޖެނުއަރީ 10 އާ ދެމެދު، މިސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7747677 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

27 ޑިސެންބަރު 2021
ހޯދާ