ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމިރާ، ވެލިރެސް ގޯތީގެއިރުން އޮތް ހުސްބިމުގައިހުރި ރުއްތަކުގެ ވެރިފަރާތެއްހޯދުން.

ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން (ނަމިރާ އަދި ވެލިރެސް ގޯތީގެ އިރުމަތިން) "ޢާންމު ވިޔަފާރި ކުރުމަށް/ ފިހާރަ ހެދުމަށް/ އަދި ގުދަން ހެދުމަށް" ކުއްޔަށް ދޫކުރެވޭ (މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޗާރޓްގައި) ހުސްބިން ނަމްބަރ 1، 2، 4، އަދި 5 ގައިހުރި، ނަމްބަރު 1 ، 2 ޖަހާފައިވާ ފޯދުނު 02 (ދޭއް) ރުކުގެ ވެރިފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިރުއްތަކުގެ ވެރިފަރާތެއްވާނަމަ އެފަރާތަކުން، 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރުކުގައި ޖަހާފައިވާ ނަންބަރާއެކު، ރުކުގެ ވެރިފަރާތްކަން ބަޔާންކޮށް، މިކައުންސިލަށް ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ، މެއިލް ކުރައްވާނީ: [email protected] އަށެވެ.

ދެންނެވިފައިވާ މުއްދަތު ހަމަވާއިރު، ރުއްގަހުގެ ވެރިފަރާތްކަމަށް އެއްވެސް ފަރާތަކުން މަޑަވެލި ކައުންސިލަށް ސިޓީ ފޮނުވާފައިނުވާ ރުއްތަކަކީ، ބަންޑާރަ ރުއްތަކެއްކަމަށް ބަލައި ރުއްތައް ކަނޑާލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޑިސެންބަރު 2021
ހޯދާ