މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް އިނގުރައިދޫ އިން ބިންދޫކުރުމާއިގުޅޭ

        އިޢުލާނު

 

ދަނޑުވެރިކަން ކުރުމަށް އިނގުރައިދޫ އިން ބިންދޫކުރުމާއިގުޅޭ

 

          މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2021/56 (09 ޑިސެންބަރު 2021) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ހުޅުވާލެވުނު ފުރުސަތުގައި 106 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ.

މިކައުންސިލަށް ހުށަހެޅި ފޯމް ތަކުގެ ތެރެއިން ޝަރުތު ހަމަވި ގޯތިތަކާއި ޝަރުތު ހަމަނުވާ ގޯތިތަކުގެ ލިސްޓް މި އިޢުލާނާއި އެކު ވަނީ އެއްކަރުދާސް ކުރެވިފައެވެ.  

          މި ލިސްޓްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ހުށަހަޅާ ފޯމް އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނާއި ދިވެހިރާއްޖެގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 28 ޑިސެންބަރު 2021 ވާ އަންގާރަދުވަހުގެ 13:00 ގެ ނިޔަލަށެވެ.

         މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޑިސެންބަރު 2021
ހޯދާ