ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ: (IUL)261/261/2021/19 (23 ސެޕްޓެމްބަރ 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެޢިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6520047 ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ  29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ހިރިމަރަދޫ ކައުންސިލް އިދާރާގައެވެ. ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައި ގަންނަވާނަމަ/ ކުންފުނި/ އިންވެސްޓް މަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.   ބިޑް  ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

26 ޑިސެންބަރު 2021
ހޯދާ