ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ހިރިމަރަދޫ އިޖްތިމާޢީ ސަރަޙައްދުތަކާއި، އިޖްތިމާޢީ ސަރަޙައްދުގައި ހިމެނޭ މަގުތަކާއި ގޯޅިތައް ކުނިކަހާ ވިނަނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

ހދ. ހިރިމަރަދޫ އިޖްތިމާޢީ ސަރަޙައްދާއި އިޖްތިމާޢީ ސަރަޙައްދުގައި ހިމެނޭ މަގުތަކާއި ގޯޅިތައް ކުނިކަހާ ވިނަނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރައިންކުރި ނަންބަރ:  (IUL)261/261/2021/21 (29 ނޮވެމްބަރ 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6520047 ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ  29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 04 ޖެނުއަރީ 2022 ވާ އަންގާރަދުވަހުގެ 10:30 ގައި ހިރިމަރަދޫ ކައުންސިލް އިދާރާގައެވެ. ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައި ގަންނަވާނަމަ/ ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.   ބިޑް  ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

26 ޑިސެންބަރު 2021
ހޯދާ