ދިވެހިރާއްޖެ
އިންޓާނަލް އޮޑިޓްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް
މި ކޯޕަރޭޝަނަށް އިންޓާނަލް އޮޑިޓްގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
މަޢުލޫމާތު ސާފުކުރުން:
މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 03 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގައި މި ކޯޕަރޭޝަންގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 02 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން[email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންގ އަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
ޕްރީބިޑް މީޓިންގައި ބައިވެރިވެވޭނީ ތިރީގައި މިވާ މައުލޫމާތު ހިމެނޭހެން މިކޯޕަރޭޝަނަށް އީމެއިލް ނުވަތަ މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވާ ފޮނުވި ފަރާތްތަކަށެވެ.
ނަން/ކުންފުނި |
ފޯނު ނަންބަރު |
އީމެއިލް |
|
|
|
ޕްރޮޕޯސަލް ބަލައިގަތުން:
- ތާރީޚް އަދި ތަން: 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު މެންދުރު 12:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
- ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކި ސިޓީއުރައިގައެވެ.
މި އިޢުލާނާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަނުގެ ފޯނު ނަމްބަރު: 3336725 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް، ޔޫތް އެކޮމަޑޭޝަން ބްލޮކް 1 ވަނަ ފަންގިފިލާ
ޝަބްނަމް މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336725
އީމެއިލް: [email protected] ވެބްސައިޓް: www.sportsco.mv
22 ޖުމާދަލްއޫލާ 1443
26 ޑިސެމްބަރ 2021