މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އެޅުމާއި ގުޅޭ

އިއުލާން

 

އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދު (2021/R-131) ގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ފަދައިން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ ފަރާތް 01 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އެޅުމަށް ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ. ވީމާ، ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. 

23 ޑިސެންބަރު 2021
ހޯދާ