ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

GS-203/IUL/2021/23

އިޢުލާން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

 

         މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 2022 ވަނަ އަހަރު (1 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް) ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހޯނޑެއްދޫ ސްކޫލަށް ހާޒިރުވެ ނަންނޯޓުކުރުމަށްފަހު ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓުކުރުމަށް ބޭނުންވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް، ގުޅޭނެ ނަންބަރު އަދި ގުޅަންޖެހޭ މީހެއްގެ ނަން ( [email protected]) އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ 03 ޖެނުއަރީ 2022 ވާހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިފައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

         މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 7983089 އަށް ގުޅުއްވުން އެދެމެވެ.

 

1- މަސައްކަތުގެ އަގަށް                            85 ޕޮއިންޓް

2- ތަޖުރިބާ އަށް                                 15 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޑިސެންބަރު 2021
ހޯދާ