މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދަފްތަރު އެކުލަވާލުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމުޤަވާޢިދުގެ 33 ވަނަމާއްދާގެ ދަށުން މިނިސްޓްރީއޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެކުލަވާލާފައިވާ މަސްވެރިންގެ ދަފްތަރު އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާފަރާތްތައް (ފަޅުވެރިން، ކެޔޮޅުން، އޮޕަރޭޓަރުން އަދި އޮޑިވެރިން) އަދި އެހެން ރަށަކަށް ނިސްބަތްވާ (އެހެން ރަށެއްގައި ރަޖިސްޓްރީ ކޮށްފައިވާ) އުޅަނދެއް ނަމަވެސް މިރަށުގައި އާންމުކޮށް ދުއްވާނަމަ އެ އުޅަނދެއްގެ މައުލޫމާތު މިދަފްތަރުގައި ހިމެނުމައްޓަކައި މިކަމަށްބޭނުންވާ މަޢުލޫމާތު ނެގުމުގެ މަސައްކަތްކުރުމަށް ހުރިހާކައުންސިލްތަކަކަށް ވަނީ އަންގަވާފައެވެ.

ވީމާ، މިރަށުގައި ތިއްބެވި މަތީގައި ދެންނެވިފައިވާ ފަރާތްތަކުން 09 ޖަނަވަރީ 2022ގެ 14:00ގެ ކުރިން މި https://forms.gle/UewJRksJYBScbrSn8 ލިންކުގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. އަދި ލިކްން މެދުވެރިކޮށް ފޯމް ފުރުމަށް ދަތިވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6540047 ނަންބަރު ފޯނަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

23 ޑިސެންބަރު 2021
ހޯދާ