އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް އިން ސަރޖަރީ

މަޤާމް :ކޮންސަލްޓަންޓް އިން ސަރޖަރީގެ
ބޭނުންވާ އަދަދު :1

އިއުލާން

 

     މި ހޮސްޕިޓަލުގެ  ކޮންސަލްޓަންޓް އިން ސަރޖަރީގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 (އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު

މުސާރަ މަހަކު -/30990 ރުފިޔާ

 

ސަރވިސް އެލަވަންސް މަހަކު -/10200 ރުފިޔާ

 

މުއްދަތު:    2 އަހަރު

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިހާލަތު ދެނެގަތުން
  2. .ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހުލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުމަށް އަދި ފަރުވާއަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުން.
  3. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާކުރުމާއި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތުބަދަލުވާގޮތް މޮނިޓަރކުރުން.
  4. ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
  5. ވޯޑް ރައުންޑްސްގައި ބައިވެރިވެ، އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ފަރުވާ ކުރިޔަށް ގެންދާނޭގޮތް ނިންމުން. އަދި އެހެނިހެން ޑޮކްޓަރުންނާއި މަޝްވަރާކޮށް ބަލިމީހާއަށް އެންމެ އެކަށީގެންވާ ފަރުވާ ކަނޑައެޅުން.
  6. އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ބަލިމީހުންގެ ފަރުވާއާގުޅޭގޮތުން ލަފާދިނުމާއި އަދި ޚިދުމަތްބޭނުންވެއްޖެ ހާލަތްތަކުގައި ކަނޑައެޅިފައިވާ މުއްދަތަށް އެޚިދުމަތް ފޯރުކޮށްދިނުން.
  7. އޮޕަރޭޝަންތައްކުރަންޖެހޭ ބަލިމީހުންގެ އަޮޕަރޭޝަންތައް ކުރުމާއި އަދި އޮންކޯލް ޑިއުޓީހެދުމާއި، އޯޕީޑީއަށް އަންނަ ބަލިމީހުން ބެލުން.
  8. ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.
  9. ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.

 

 

މަޤާމުގެ ޝަރުތުތައް:  

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވިސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރަށްވުރެ ކުރުނޫން އެމް.ޑީ / އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު،މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް  ކުރުމުގެ ހުއްދަ ލިބިފައިވުން.

 

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

 

 

 ވީމާ، މި މަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. (އެޓެސްޓްކޮށްފައިވާ)
  3. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  5. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ. (އެޓެސްޓްކޮށްފައިވާ)
  7. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (އެޓެސްޓްކޮށްފައިވާ)
  8. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ހުށަހަޅާ ހުރިހާ ލިޔުންތައް އެޓެސްޓްކޮށްފައި ހުންނަންވާނީ ދިވެހިރާއްޖޭގެ ބާކައުންސިލްގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

19 ޖޫމާދަލްއޫލާ 1443

23 ޑިސެމްބަރ 2021

 

 

 

23 ޑިސެންބަރު 2021
ހޯދާ