ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ ބަނދަރު ސަރަހައްދުގައިވާ މަސްމާރުކޭޓްގެ އުތުރު ފަރާތް ގުދަންކުރުމަށް ކުއްޔަށް ދޫކުރުން.

ޅ.އޮޅުވެލިފުށީ ބަނދަރު ސަރަހައްދުގައިވާ މަސްމާރުކޭޓްގެ އުތުރު ފަރާތް ( 600 އަކަފޫޓް) ގުދަންހެދުމަށް 5 އަހަރުދުވަހުގެ މުއްތަދަށް  ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. މަސްމާރުކޭޓްގެ އުތުރު  ފަރާތް ކުއްޔަށްހިފަން  ބޭނުންފުޅުވެލައްވާ ފަރާތްތަކުން 23 ޑިސެމްބަރ 2021 ވާ ބުދަދުވަހުން ފެށިގެން 30 ޑިސެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 11:00 ކުރިން ކައުންސިލްގައި ރަޖިސްޓީވުމަށް ދަންނަވަމެވެ. އަދި ރަޖިސްޓްރީ ވާންއެދިލައްވާ ފަރާތްތަކުން މިއިދާރާގެ ( 6620075) ފޯނުނަންބަރ ގުޅުއްވައިގެން ރަޖިސްޓީވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި އިޢުލާން ކުރެވުނު ދުވަހުން ފެށިގެން  ބިޑްފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ކެޑުން އޮންނާނި 3 ޖަނަވަރީ 2022 ވާ ހޯމަދުވަހު 11:00 ގައި ކައުންސިލް އިދާރާގައެވެ.

     ވީމާ މިކަން ޢާޢްމުކޮށް އަންގުމުގެ ގޮތުން  އިޢުލާން ކުރީމެވެ.

           19 ޖުމާދިލްއޫލާ 1443 

           23  ޑިސެމްބަރ 2021

23 ޑިސެންބަރު 2021
ހޯދާ