ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސްޓޫޑެންޓް ލޮކަރ ގަތުމުގެ ފުރުސަތު އަލުން ހުޅުވާލުން

ސްޓޫޑެންޓް ލޮކަރ ގަތުމުގެ ފުރުސަތު އަލުން ހުޅުވާލުން

  ·     މި ސްކޫލުގެ ކުލާސް ރޫމުތަކަށް 25 ލޮކަރު  ހޯދުމަށް، ބީލަން ހުށަހަޅަން ކުރެވުނު އިއުލާން ނަންބަރ (IUL)GZS/2021/100 އިއުލާން އަށް ބިޑް ނެގޭވަރަށް މީހުން ހާޒިރު ނުވުމާއި ގުޅިގެން އެ އިއުލާން ބާތިލް ކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

-         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.

-         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

-         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

-         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޑިސެމްބަރ 2021 އިން 29 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބީލަމަށް އަގު ހުށަހެޅުއްވުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 03 ޖެނުއަރީ 2022 (ހޯމަ) ދުވަހުގެ މެންދުރުކުރި 11:00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާބެހޭ މައުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު، މި އިޢުލާނާއެކުގައި އެވަނީއެވެ.

އީމެއިލް [email protected] މެދުވެރިކޮށް އެދިލެއްވުމުން މަޢުލޫމާތު ފޯމު ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާނެއެވެ.

 

23 ޑިސެމްބަރ 2021

23 ޑިސެންބަރު 2021
ހޯދާ