މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކުގައި އަލަށް ޢިމާރާތްކުރެވޭ ހިނަވާގޭގެ ވަށާފާރުގެ މަސައްކަތް

މ. މުލަކުގައި އަލަށް ޢިމާރާތްކުރެވޭ ހިނަވާގޭގެ ވަށާފާރު ރާނާ ސިމެންތިޖަހާ ކުލަލާނެ ފަރާތެއް ވަނީ ބޭނުން ވެފައެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑު ހުށަހަޅާ ފޯމް ސެޓް މި އިދާރާގެ ކައުންޓަރުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚް

ގަޑި

ތަން

ބިޑް ހުށަހަޅާ ތާރީޙް

29 ޑިސެމްބަރު 2021

13:00 (މެންދުރުފަސް)

ކޮންފަރެންސް ރޫމް

     

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނު ނަންބަރ: 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6720601 ނަންބަރަށް ގުޅުއްވުން އެދެމެވެ.

22 ޑިސެންބަރު 2021
ހޯދާ