ވިލިމާލޭ ހޮސްޕިޓަލް
ދިވެހިރާއްޖެ
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

ވިލިމާލެ ހޮސްޕިޓަލް

މާލެ، ދިވެހިރާއްޖެ

 

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

 

ޤާނޫނު ނަންބަރ: 03/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 07 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 11.22 ވަނަ މާއްދާއާއި، ޙަވާލާދެއްވައި އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުން މި ހޮސްޕިޓަލްގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ނުވަތަ ނައްތާލަން ހަމަޖެހިފައިވާތީ، އެ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ "ދައުލަތުގެ އޮފީހަކުން މުދާ ބޭނުންވޭތޯ ޗެކް ކުރާ ފޯރމް" ގައިވާ ތަކެތި ބޭނުންފުޅުވާ، ދައުލަތުގެ އޮފީސްތަކުން 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ. 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލިމާލެ ހޮސްޕިޓަލް

މާލެ، ދިވެހިރާއްޖެ

ފޯން: 7792912

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

  

 18 ޖުމާދުލްޢޫލާ 1443  

22 ޑިސެމްބަރ 2021

22 ޑިސެންބަރު 2021
ހޯދާ