ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

 

މިސުކޫލު ގެ ނަންބަރ GS197-AB/IUL/2021/14  (20 ޑިސެންބަރ 2021) ގެ އިޢުލާނުގައި ކުރަންޖެހިފައި ހުރި މަރާމާތްތަކުގެ ބައެއް މަސައްކަތްތައް ހިމެނިފައިވާ ނުވާތީ، އެއިޢުލާން ބާތިލްކޮއް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިސުކޫލުންދޭ   މަޢުލޫމާތާއި އެއްގޮތައް އަމިއްލަ ތަކެތީގައި މިސުކޫލުގައި ތިރީގައި މދަންނަވާ މަސައްކަތްތައް ކޮއްދޭނެފަރާތެއް ބޭނުވެއްޖެއެވެ.

1. ކުލާސްރޫމްގެ ވެރަންޑާ ސީލިންގކޮއް ކުލަލުން

2. 05 އޮފީސް ގޮނޑި ހޯދުން (ހައިބެކް ޗެއަރ)

3. ޕްރީސުކޫލް ފުރާޅުގެ ޓިނު ބަދަލުކުރުން

4. 05 ފަންކާ ބަދަލުކުރުން

5. 05 ވައިޓްބޯޑު ހެދުން

6. 04 އޭސީ ސަރވިސް ކުރުން

 

މިމަސައްކަތްތަކައް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފު ކުރެއްވުން:           27 ޑިސެންބަރ 2021  ހޯމަ   12:00

އަންދާސީ ހިސާބު ހުށަހެޅުން:           30 ޑިސެންބަރ  2021 ބުރާސްފަތި 12:00                              

 

އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

 މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 13:00 އަށް 7983078 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      22 ޑިސެންބަރ 2021

22 ޑިސެންބަރު 2021
ހޯދާ