ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި 4 ރުކެއް ވިއްކާލުން

މިކައުންސިލުން ރަތްކުލައިގެ ދަވާދުން ތިރީގައިވާ ނަންބަރުތައް ޖަހާފައިވާ 4 ރުކެއް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

 

ނަންބަރު

ސަރަޙައްދު

1 ނަންބަރު ރުއް

ވީނަސްމަގު އިރުން އަލިމަގު އުތުރު

2 ނަންބަރު ރުއް

ވީނަސްމަގު އިރުން އަލިމަގު އުތުރު

3 ނަންބަރު ރުއް

ވީނަސްމަގު އިރުން އަލިމަގު އުތުރު

4 ނަންބަރު ރުއް

"މަތިވަރު" ކިޔާ ގޯއްޗާއި ދެކުނު

 

މި ރުއްތައް ގަންނަން ބޭނުންވާ ފަރާތްތަކުން 2021 ޑިސެމްބަރ 26 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަގު އެނގޭނެގޮތަށް ސިޓީއެއް ހިފައިގެން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ސިޓީ އުރައިގެ ބޭރުގައި "ހުށައަޅާ ފަރާތުގެ ނަން" އަދި   "ސިޓީލާ ނީލަމުގައި ރުއްގަތުމަށް އެދި" މިފަދައިން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅަން ވަޑައިގަންނަވާއިރު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނީލަމަށް އެންމެ ކުޑަކޮށް ހުށައެޅޭނެ އަގަކީ -/50 ރުފިޔާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2021
ހޯދާ