މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ފުޓްބޯޅަދަނޑު ފެންސްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ބ.މާޅޮހު ފުޓްބޯޅަދަނޑު ފެންސްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 27 ޑިސެމްބަރ 2021ވާ ހޯމަ ދުވަހުގެ 11:00ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ދަންނަވަމެވެ. އަދި، 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00ށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިއުލާނާއިގުޅޭ މަޢުލޫމާތުޝީޓް، މި ޢިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

އަންދާސީހިސާބުތަށް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު:

- ހުށަހަޅާ އެސްޓިމޭޓްގެ އަގަށް: %95
- މަސައްކަތް ކޮށްދެވޭނެ ކަމަށް ބަޔާންކުރާ މުއްދަތަށް: %5
18 ޖުމާދަލްއޫލާ     1443

22 ޑިސެމްބަރ     2021

22 ޑިސެންބަރު 2021
ހޯދާ