ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކައުންސެލް ޖެނެރަލް- އެމްޕްލޯއީ ރިލޭޝަންސް ޑިވިޜަން

އިޢުލާނު

 

މަޤާމް:

ކައުންސެލް ޖެނެރަލް

މަޤާމުގެ ނަންބަރު:

-                

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC7-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ސްޓްރެޓެޖިސްޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/17480 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/225 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު -/6118 ރުފިޔާ (އަސާސީ މުސާރައިގެ %35)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް ކޮމިޝަނާއި ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ކޮމިޝަނުގެ މަސައްކަތާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ދިރާސާކޮށް  ގެންނަންޖެހޭ އިސްލާޙްތައް ގެނައުމާއި ލަފާދިނުން.
  2. ޤާނޫނީ ގޮތުން ކޮމިޝަން ތަމްސީލުކުރަންޖެހޭ ޙާލަތްތަކުގައި ކޮމިޝަން ތަމްސީލުކުރުން.
  3. އެމްޕްލޯއީ ރިލޭޝަންސް ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމަށް ލަފާދިނުމާއި އޯވަރސީކުރުން.
  4. ކޮމިޝަނުން ދައުވާކުރާ އަދި ކޮމިޝަނަށް ދައުވާރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓުތަކުގައި ކޮމިޝަން ތަމްސީލު ކުރުމަށްޓަކައި އެ ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  5. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެ މައުލޫމާތު ދިނުމާއި، މަޢުލޫމާތު ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތުދޭން ހާޟިރުވާންޖެހޭ ބައްދަލުވުންތަކަށް ހާޟިރުވެ ޤާނޫނާއި ގަވާއިދާ ގުޅޭ ކަންކަމުގައި ޖަވާބުދާރީން ވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުމާއި ބޭނުންވާ ލަފާދިނުން.
  6. ކޮމިޝަނުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ޤާނޫނީ ލަފާދިނުމާއި، އެޑްވައިޒަރީ ކޮމެޓީއަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ބޭނުންވާ ގާނޫނީ ލަފާ ދިނުން.
  7. ސިވިލް ސަރވިސް މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްކަމުގައި ހެދުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރަވާއި ހިންގުމަށްޓަކައި ކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ބޭނުންވާ ލަފާދިނުން.
  8. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ހުންނަ ކަންތައްތައް އިތުރަށް ސާފުކުރުމަށް ނުވަތަ ގަވާއިދާގުޅޭ ވަކި ކަމެއްގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށްއެދި އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބުދިނުމުގައި ބޭނުންވާ ލަފާދިނުން.
  9. މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ސިވިލް ސަރވިސް ގާނޫނާއި، ގަވާއިދު އަދި އުސޫލުތަކަށް އާންމުން ހޭލުންތެރިކުރުވުމާއި މީޑިއާތަކަށް ކޮމިޝަނުގެ ލަފާގެ މަތިން ޖަވާބުދާރީވުން.
  10. މީގެ އިތުރުންވެސް ކޮމިޝަނުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން  މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ފުރިހަމަކޮށްފައިވުމާއެކު، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށް ފަހު 7 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން އަދި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ނުވަތަ،

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން  މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއްފުރިހަމަކުރުމަށް ފަހު، 10 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން އަދި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (%30)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ (ޤާނޫނީ ދާއިރާ) ތަޖުރިބާ (5%)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15%)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (%45)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މ މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 02 ޖެނުއަރީ 2022 އާ 20 ޖެނުއަރީ 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އައި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307356/3307362 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

21 ޑިސެންބަރު 2021
ހޯދާ