މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
05 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ

05 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފުމާބެހޭ

މި މަރުކަޒުން ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް 5 ކޮޓަރީގެ އެޕާރޓްމެންޓެއް 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ކުރި އިޢުލާން ނަންބަރު (IUL)H-12SM/2021/05 (08.11.2021) އާއި ގުޅިގެން ދޫކުރެވިފައިވާ މަޢުލޫމާތުޝީޓުގައި ކޮންމެހެން ބޭނުންމާ މަޢުލޫމާތުތަކެއް ހިމެނިފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

 

މާފުށީ ޞިއްޙިމަރުކަޒުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކާ 5 ކޮޓަރީގެ އެޕާރޓްމެންޓެއް 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް 2021 ޑިސެމްބަރ 30ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މާފުށި ޞިއްޙީމަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖަނަވަރީ 05 ވާ ބުދަ ދުވަހު 11:00ގައި  މާފުށި ޞިއްޙީމަރުކަޒުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޑިސެންބަރު 2021
ހޯދާ