އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ ރުއްގަނޑު ސިޓީލާ ނީލަމުން ކުއްޔަށް ދޫކުރުން

ބަނދަރުމަތީ ރުއްގަނޑު ސިޓީލާ ނީލަމުން ކުއްޔަށް ދޫކުރުން

          މިރަށު ބަނދަރުމަތީގައި ނަންބަރު 15 އިން ނަންބަރު 29 އަށް ނަންބަރު ޖަހާފައިވާ 15 ރުއް މީލާދީ 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

          މިރުއްތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް -/2000ރ (ދެހާސްރުފިޔާ) އެވެ. މިނީލަމަށް ފަހަރަކު މަދުވެގެންއިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. ކޮންމެ ދުވަހަކުވެސް އޮފީސް ބަނދުކުރާއިރު އެދުވަހަކު ހުށަހަޅާފައިވާ އެންމެމަތީއަގު ކައުންސިލްގެ އިދާރާ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން 3 ދުވަހު އެއް އަގު އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވީކަމުގައި ނިންމޭނެއެވެ. 3 ދުވަސްގުނުމުގައި ސިޓީލާ ދުވަސް ނުހިމެނޭނެއެވެ.

          މިރުއްތަށް ކުއްޔަށް ނަގާ ފަރާތުން ރުއްތަކުން އުފެދޭ ކުނި ނައްތާލުމަށް ކުނީ ފީގެ ގޮތުގައި މީލާދީ އަހަރަކަށް -/1000ރ (އެއްހާސް ރުފިޔާ) މިކައުންސިލްގެ އިދާރާ އަށް ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.  

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

20 ޑިސެންބަރު 2021
ހޯދާ