ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. އަދި 1442 އަހަރު ފަޤީރުންގެ ލިސްޓްގައި މިހާރު ހިމެނިފައިވާ ފަރާތެއްނަމަ އަލުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްވުމަށް އެދި ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފޯމް ދޫކުރުން

 20ޑިސެންބަރު 2021 އިން 20 ޖަނަވަރީ 2022 އަށް

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުގެ ފޯމް ބަލައިގަތުން

02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 އަށް

 

ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށެވެ.

                  ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

21 ޑިސެންބަރު 2021
ހޯދާ