މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް (ވަގުތީ)

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫޞިއްހީމަރުކަޒް

ނ.ލަންދޫ / ދިވެހިރާއްޖެ                              

ވަޒީފާގެ ފުރުޞަތު

ނަމްބަރ:  (IUL)LHC/2021/01

ތާރީޚް: 21 ޑިސެމްބަރ 2021

 

ލަންދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމް

ލޯންޑްރީ އެސިސްޓެންޓް

މަޤާމްގެ ނަމްބަރ

J-250801

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމްގެ ގިންތި

ވަގުތީ (6މަސް)

މަޤާމްގެ ރޭންކް

އެސް.އެސް 1

މަޤާމްގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ލަންދޫ ސިއްޙީމަރުކަޒު

މުސާރަ

3100/- ރުފިޔާ

ސާރވިސް އެލަވަންސް

1000/- ރުފިޔާ

އެހެނިހެން އެލަވަންސް

1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200/- ރުފިޔާ

2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމްގެ މައިގަނޑު

މަސްއޫލިއްޔަތާއި ވާޖިބުތައް

1. ދޮވެ އިސްތިރިކުރުން

ސިއްޙީމަރުކަޒުގެ ވޯޑްގައިވާ ބެޑްޝީޓް، ބާލީހު އުރަ، ތުވާލިފަދަ ތަކެތި ހަޑިވިޔަނުދީ ދޮވެ އިސްތިރިކުރުން.

2. ލޯންޑްރީ ސާފުތާހިރުކޮށް ބެލެހެއްޓުން

ސިއްހީމަރުގެ ލޯންޑްރީތެރެ ސާފުތާހިރުކަމާއިއެކު ޤަވާއިދުން ބެލެހެއްޓުން

3. ލޯންޑްރީއަށް ބޭނުންވާ ތަކެތި ހަމަކުރުން

ސިއްހީމަރުކަޒުގެ ލޯންޑްރީއަށް ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ދޮންނަކުނޑި، ބްލިޗް ފަދަ ތަކެތި ކަމާއިގުޅޭ ފަރާތެއް މެދުވެރިވެ ހޯދާ ހަމަކުރުން.

4. ސިއްޙީމަރުކަޒުގެ އާންމު އުސޫލުތަކާއި، ޤަވާއިދުތަކަށް އިހްތިރާމްކުރުން

5. މީގެއިތުރުންވެސް މިމަސްއޫލިއްޔަތުގައި ހިމެނިފައިނުވާ ސިއްޙީދާއިރާއާއި ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއް ކުރުން.

މަޤާމްގެ ޝަރުތުތައް

ލިޔަން ކިޔަން އެނގުން

ގުޅޭ ވަޒީފާގެ ދާއިރާތައް

ކްލީނިންގ އެންޑް ލޯންޑްރީ

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލްސަރވިސް ކޮމިޝަންގެ www.cvc.gov.mv ވެބްސައިޓުންނާއި ލަންދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރަތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލްސަރވިސްއަށް/ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި، މަހާއި، ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި، މަހާއި، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް(އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. އަސާސީ ޝަރުތު ހަމަވުން                              %50

2. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް              %5

3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ              %5

4. އިންޓަރވިއު                                       %40

މަޤާމަށް އެދެންވީގޮތާއި، ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް (ސިވިލްސަރިސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް) ލަންދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.އަދި ސިވިލްސަރވިސް ވެބްސައިޓް http://www.csc.gov.mv/download/2249 އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 29 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން ލަންދޫ ސިއްޙީމަރުކަޒަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށައަޅާފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. އަދި ހުށަހަޅާ ފޯމަކީ ސިވިލްސަރވިސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމްކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.    

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާން އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާން އޮންނާނީ 01 ޖެނުއަރީ 2022 އާއި 06 ޖެނުއަރީ 2022 އާއި ދެމެދު ލަންދޫ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ލަންދޫ ސިއްޙީމަރުކަޒުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް ލަންދޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

އިތުރުމަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަމްބަރ 6560599 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުސޫލާއިގުޅޭ" (http://www.csc.gov.mv/dc/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.   

                             21 ޑިސެމްބަރ 2021

                            17 ޖުމާދަލްއޫލާ 1443

21 ޑިސެންބަރު 2021
ހޯދާ