ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނައަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

1442 ވަނައަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

 

                1442 ވަނަ އަހަރު އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް 19 ޑިސެމްބަރ 2021 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

ވީމާ، ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

19 ޑިސެންބަރު 2021
ހޯދާ