މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ރަސްމީ ފުޓްބޯޅަދަނޑުގެ ވަށާފާރާއި ފެންސް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

  (IUL)297/297/2021/117ނަންބަރު

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

މިއިދާރާއިންދޭ މައުލޫމާތާއެއްގޮތަށް ވެލިދޫ ރަސްމީ ފުޓުބޯޅަ ދަނޑުގެ ވަށާފާރާއި ފެންސް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

ފުޓުބޯޅަ ދަނޑުގެ ވަށާފާރާއި ފެންސުގައި ކުރަން ހުރި މަރާމާތުތައް

  • ފާރުގައި ހުރި ރެނދުތައް ބައްދާ ފާރުގެ އެތެރެ އާއި ބޭރުގައި ކުލަލުން (11442.2 އަކަފޫޓު)
  • ހޮޅިތަކުގެ ދަވާދު ކަހާ ދަވާދުލުން
  • ފެންސްގެ ވަށާ ފެންސްދާ ޖެހުން

-          1282.2 ފޫޓުގެ ދިގުމިނުގައި 6 ފޫޓު އުސްމިނަށް

-          160 ފޫޓުގެ ދިގުމިނުގައި 12 ފޫޓު އުސްމިނަށް

ވީމާ ދެންނެވިފައިވާ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން (ރަސްމީ ވަގުތުގައި) މިއަދުން ފެށިގެން 28 ޑިސެމްބަރ 2021ވާ އަންގާރަ ދުވަހުގެ 14:00ގެކުރިން މިއިދާރާގެ ނަންބަރު:6560010/6560056 ފޯނަށް ގުޅުއްވާ އިކޮނޮމިކް ސޯޝަލް މުނިސިޕަލް ސާވިސް ޔުނިޓަށް އަންގައި، ބިޑަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު 29 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 01:15 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) ކޮމްޕެނީ/އިންވެސްޓްމަންޓް/ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ޕްރޮފައިލް (ކުންފުނީގެ ޝެއަރ ހޯލްޑަރސް ގެ މަޢުލޫމާތު ހިމެނޭގޮތަށް)

(ށ) އެސް.އެމް.އީ ރަޖިސްޓްރޭޝަންގެ ކޮޕީ

(ނ) ޖީ.އެސް.ޓީއަށް ޝަރުތު ހަމަވާފަރާތެއްނަމަ ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ.

(ރ) މިފަދަ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން.

(ބ) ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާނަމަ އެކަން ބަޔާންކުރާ ރަސްމީ ލިޔުން.

(ޅ) އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ ތިރީގައިވާ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

ފޯން : 6560010,6560056

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

15%

  • މި ބައިގައި މާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

16 ޖުމާދަލްޢޫލާ 1443

20 ޑިސެންބަރު 2021

20 ޑިސެންބަރު 2021
ހޯދާ