މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
އަންދާސީ ހިސާބު - މިނިސްޓްރީގެ އެއަރ ކޮންޑިޝަން ސަރވިސްކުރުން

މިނިސްޓްރީގެ އިމާރާތުގެ އެއަރކޮންޑިޝަންތައް އެއްއަހަރު ދުވަހަށް، ކޮންޓްރެކްޓު އުސޫލުން ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރ (IUL)473-AP/473/2021/54  އިއުލާން އާ ގުޅިގެން މައުލޫމާތަށް ބަދަލުގެނެވިފައިވާތީ، މި މަސައްކަތައް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މައުލޫމާތު ސާފުކުރުމަށް އަދި ބީލަން ހުށައެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚު (ދުވަސް)

ގަޑި

ތަން

ބީލަން ހުށައެޅުން

30 ޑިސެމްބަރު 2021

(ބުރާސްފަތި)

11:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބިޑު ޑޮކިއުމަންޓް އެއްކަރުދާްސްކޮށްކުރެވިފައެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3036960 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޑިސެންބަރު 2021
ހޯދާ