މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަނާއި ގުދަން ހިމެނޭ ބިން ކުއްޔަށް ދޫކުރުމުގެ IUL)333/333/2021/38) އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރުން

ުދަނާއި ގުދަން ހިމެނޭ ބިން ކުއްޔަށް ދޫކުރުމުގެ IUL)333/333/2021/38) އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރުން

 

 

މި އިދާރާއިން އިއުލާންކުރި "ގުދަނާއި ގުދަން ހިމެނޭ ބިން ކުއްޔަށް ދޫކުރުން" (އިއުލާން ނަންބަރު IUL)333/333/2021/38 ) އިއުލާނުގައިވާ މައުލޫމާތުތަކަށް އައިބަދަލާއި ގުޅިގެން އެއިއުލާން ބާޠިލްކޮށް، އަލުން އެގުދަންތަކާއިއެކު އެގުދަންތައް ހިމެނޭ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ވީމާ މިބިންތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 27 ވަނަ ދުވަހު 11:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2021 ޑިސެމްބަރ 27 ވަނަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޖެނުއަރީ 06 ވަނަ ދުވަހުގެ 13:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ.

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

20 ޑިސެމްބަރ 2021

20 ޑިސެންބަރު 2021
ހޯދާ