މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އިން ގުޅީފަޅުގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދުން – ރީޓެންޑަރ

މިކުންފުނީގެ ފަރާތުންދޭ ދޭ މަޢުލާމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އިން ގުޅީފަޅުގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2021/181) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އަދި ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ.ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 20 ޑިސެމްބަރ 2021 އިން22 ޑިސެމްބަރ 2021 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 23 ޑިސެމްބަރ2021 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

 

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޑިސެމްބަރ 2021 ވާ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 29 ޑިސެމްބަރ 2021 ވާ ދުވަހު 11:30 އެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

 

20 ޑިސެންބަރު 2021
ހޯދާ