ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

އިޢްލާން

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

 މިހާރަކަށް އައިސް މިރަށުގައި ދުއްވާ އުޅަނދު ފަހަރުގެ މަޢްލޫމާތު މިއިދާރާއަށްނުދީ ވަރަށް ގިނަ އުޅަނދުފަހަރު މިރަށުގައި ދުއްވަމުން އެބަދެއެވެ. މިމަޢްލޫމާތަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މިއިދާރާއިން ބަލަހައްޓަން ޖެހޭ މަޢްލޫމާތު ތަކަކަށްވާތީ، އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ދަފްތަރު އަދާހަމަކުރުމަށްޓަކައި މިވަގުތު މިރަށުގައި ދުއްވާ ސައިކަލް، ބެޓެރީ ބައިސްކަލް، ޕިކަޕް އަދި ބެޓެރީ ބަގީ ތަކާބެހޭ މައުލޫމާތު ހޯދަން ބޭނުންވެއެވެ.

 ވީމާ، މިރަށުގައި ދުއްވާ މަތީގައި ދެންނެވިފައިވާ އުޅަނދުތަކާބެހޭ ރެކޯޑް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެއްޗާއި މައުލޫމާތު 23 ޑިސެމްބަރ 2021 ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން ހުށަހެޅުން އެދެމެވެ.

    1- އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ

    2- އުޅަނދާ މިވަގުތު ޙަވާލުވެހުރި ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ

    3- ރަށަށް އުޅަނދު ގެނައި ތާރީޚް

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

           12 ޖުމާދަލްއޫލާ 1443

            16 ޑިސެމްބަރ 2021

16 ޑިސެންބަރު 2021
ހޯދާ