ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

1442 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން.

       1442 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 19 ޑިސެމްބަރ 2021 އިން ފެށިގެން 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފޯމު ދޫކުރުން އޮންނާނެއެވެ.

     ފޯމު ބަލައިގަތުން އޮންނާނީ 02 ޖެނުއަރީ 2022 އިން 19 ޖެނުއަރީ 2022 ގެ 13:00 ގެ ނިޔަލަށް މިއިދާރާއިންނެވެ.

     އަދި ދަންނަވަމެވެ. ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކެއްގެ ސާފުކޮޕީ ފޯމާއިއެކު ހުށަހަޅަން ވާނެއެވެ. ފުރިހަމަ ނުކުރެވޭ ފޯމުތަކާއި ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅުއްވާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.    

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     15 ޖުމާދަލްއޫލާ  1442

19 ޑިސެންބަރު 2021
ހޯދާ