މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކު ފުޓްސަލް ދަނޑު ވަށައިގެން ހުރި ފެންސް މަރާމާތުކުރުން

މ. މުލަކު ކައުންސިލުން ދޭ ތަކެތީގެ އިތުރުން އަމިއްލަ ތަކެތީގައި މުލަކު ފުޓްސަލް ދަނޑު ވަށައިގެން ހުރި ފެންސް ރޫއްޅާ އައު ފެންސްއެއް ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ތައްޔާކުރުކުރާނޭ ފަރާތެއް ވަނީ ބޭނުން ވެފައެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްތަކުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، ރަޖިސްޓަރީ ކުރައްވާ އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

މަސައްކަތުގެ ތަފްސީލް ހިއްސާކުރުމާއި ބިޑަށް ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރ ކުރުން

26 ޑިސެމްބަރ 2021

13:00 (މެންދުރުފަސް)

ކޮންފަރެންސް ރޫމް

ބިޑް ހުށަހަޅާ ތާރީޙް

29 ޑިސެމްބަރ 2021

13:00 (މެންދުރުފަސް)

ކޮންފަރެންސް ރޫމް

     

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނު ނަންބަރ: 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6720601 ނަންބަރަށް ގުޅުއްވުން އެދެމެވެ.

19 ޑިސެންބަރު 2021
ހޯދާ