އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

 

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 19 ޑިސެންބަރު 2021 ދުވަހުންފެށިގެން ރަސްމީގަޑިގައި އައްޑޫސިޓީގެ އަވަށުއޮފީސްތަކުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13.00ގެ ނިއަލަށް އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހުންނެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިއުންތަކެއް ހަމަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމާއެކު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖުމާދަލްއޫލާ 1443

19 ޑިސެންބަރު 2021
ހޯދާ